ރަސޫލާއަށް ބަދުބަސް ބުނާނަމަ މުސްލިމުންގެ ލޭ ކެކޭނެ: އިލްޔާސް

ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ބަދުބަސް ބުނާނަމަ މުސްލިމުންގެ ލޭ ކެކޭނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ޙުސެއިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވެފައިމިވަނީ ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯރޓްގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަން ބައެއް އިލްމުވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ، އިސްލާމްދީން ދެކެ ލޯބިވުމުގެ އަލާމާތްތަކުގެ ތެރޭގައި ރަސޫލާ ދެކެ ލޯބިވުން ހިމެނޭ ކަމަށާއި އެކަލޭގެފާނަށް ނިސްބަތްކޮށް ބަދުބަސްތައް ބުނުމުން އެކަން ބަލައިގަަންނަން ވަރަށް އުނދަގޫވާނެ ކަމަށެވެ.

އަދި ހިތް ނުތަނަވަސްވީކަމުގައިވިޔަސް ރަސޫލާ ގެނެސްދެއްވި އަޙުލާޤީ މިންގަނޑުގެ ތެރޭގައި ތިބުމަށްވެސް އިލްޔާސްވަނީ އިލްތިމާސްކުރައްވާފައެވެ.

"ރަސޫލާ އަށް ބަދުބަސް ބުނެފިނަމަ މުސްލިމުންގެ ލޭ ކެކޭނެ. އަޅުގަނޑުގެ ނަސޭހަތަކީ، ވަސީޔަތަކީ ނޭދެވޭ އެއްވެސް ކަމެއް ނުކުރާށޭ" އިލްޔާސް ވިދާޅުވިއެވެ.

ދަރިންނާއި، މައިންބަފައިންނާއި، އަނބިންނާއި، ގެދޮރާއި، ވިޔަފާރި އަދި މުދަލަށް ލޯބިވުމަކީ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް އެތަކެއްޗަކީ މާތްﷲ އާއި ކީރިތި ރަސޫލާ އަށް އަދި ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ލޯބިވެރިކަން ބޮޑު އެއްޗަކަށް ވެއްޖެނަމަ ﷲގެ ޙަޟްރަތުން ކޯފާއެއް އައިސް ހަލާކުވެގެންދާނެ ކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައި ކަމަށް ޝެއިޙު އިލްޔާސް ވިދާޅުވިއެވެ.

ރަސޫލާގެ ޒާތުފުޅަށް ނިސްބަތްކޮށް ބަދު ބަސްތައް ބުނުމުން ލޭ ކެކިގެންދަނީ އެހެންވެގެން ކަމަށާއި ނަމަވެސް ދީނަށް ލޯބިކުރާ އެއްވެސް މީހަކު ގޯސްކަމެއް ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެމްޑީއެންގެ އަމަލަކީ އިސްލާމީ ޝަރީއަތުގެ ނަޒަރުގައި ވެސް އަދި ގާނޫނީ ހަމަތަކުގެ މަތިން ވެސް ކުށެއް ކަމަށާއި އެކަމަށް ފިޔަވަޅު އެޅެންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީން މިދިޔަ ހަފްތާގައި އެމްޑީއެންގެ ހަރަކާތްތައް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާއިރު، އެޖަމްޢިއްޔާގެ ރިޕޯޓުގެ މައްސަލަ ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    Ley kekunakas ekan kamakah vaahene hiyeh nuvey. Efadha meehun nahvure minivankon ulheybayaku noolhe. Abadhuves balanee dhera nikamehchehge mahchah hukumeh kohleveythow. Raahjeyga
    Giyaamath dhuniye dhookoh dhiyaiee. Hiththuga biruverikameh othnama mihaaru
    Ekan kuri faraath thakah hahggu adhabudheefees. ihaanethi gothah kithah

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ