ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުގެ ހާލަތުގައި ހުރި 20 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު ފުލުހުންނަށް އިންޒާރު ދިނުމާއި ގުޅިގެންނެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 03:10 އެހާކަންއިރުއެވެ. އެމީހާ ވަނީ މާރާމާރީ ހިންގާނެކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދީފައެވެ.
މި މައްސަލާގައި އެ ދެމީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.




ހިޔާލު
Islaam dheenah hajoo jahaameehunves nikan hahyyarukoh emeehunnaaimedhu dheenuga oth gothah fiyavalhu alhaalabala. Nikamehchehge kibain kurilibunakas molheh nuvaane. Gadhafadha meehunge kibain libey kaamiyaabeeakee kaamiyaabu