ކުރީގެ ރައީސް މުޙައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު ކުރިމަތި ލައްވާނެކަން އިޢުލާން ކުރައްވައިފި

ހުސްވެފައިވާ އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރިމަތި ލައްވާނެކަން އެ ބޭފުޅާ އިޢުލާނު ކުރައްވައިފިއެވެ.

މިހާރު ހުސްވެފައިވާ އެމްޑީގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަޤާމަށް މީހަކު ނެގުމަށް ބާއްވާ ވޯޓް ލުން އޮންނާނީ އަންނަ ނޮވެންބަރު ހުގެ 22 ގައި އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޕާޓީގެ ރަޖިސްޓްރީގައި ތިއްބެވި ފަރާތްތަކަށެވެ.

އެމްޑީޕީގެ އެންމެހާ މެންބަރުންގެ އަރިހުން ވަރަށް އިޚްލާސްތެރިކަމާއެކު ނަޝީދަށް ތާއީދު ކުރައްވާ ވޯޓް ދެއްވުމަށް އެ މަނިކުފާނު ވަނީ އެދިލައްވާފައެވެ.

އެމްޑީޕީގެ ހުސްވެފައިވާ ރައީސް އާއި ނައިބު ރައީސް ކަމުގެ މަޤާމަށް ކުރިމަތި ލެވޭނެ އެންމެ ފަހު ތާރީޚަކީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އެވެ.

އެ ޕާޓީގެ މެމްބަރުން މިހާރު ދަނީ ރައީސް ނަޝީދަށް އާ ދައުރަކަށް ކެމްޕެއިން ކުރައްވަމުންނެެވެ.

އެންމެ ފަހުން އެމްޑީޕީގެ ލީޑާޝީޕް އިންތިހާބު ބޭއްވީ މީގެ ފަސް އަހަރު ކުރިން އޮގަސްޓު 2014 ގައެވެ. އޭރު އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެ މަގާމުތަކަށް ހަމައެކަނި ވާދަކުރެއްވި، ދެ ބޭފުޅުންނެވެ. އެއީ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ކަމަށް މިހާރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ