ވެބް ސީރީޒް "ހަނާ" ގެ ޝޫޓިންއަށް ކްރޫ މާމިގިއްޔަށް ފުރައިފި!

ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް އަހްމަދު އިބްރާހީމް(އަމްޖޭ) ޑައިރެކްޓްކުރާ ވެބް ސީރީޒް "ހަނާ" ގެ ޝޫޓިންއަށް ސީރީޒްގެ ކްރޫ އަދި ތަރިން މާމިގިއްޔަށް ފުރައިފިއެވެ.

13 އެޕިސޯޑުގެ މި ސީރީޒް ދެއްކުމަށް ހަމަޖެހިފައިވަނީ ބައިސްކޯފުންނެވެ. އަދި ބައިސްކޯފަށް ސީރީޒް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ތިނެސްކަން ލޯބީގެ ޑްރާމާ ފެނިގެންދާނެ މި ސީރީޒްގެ ތަރިންނަކީ، އަލީ އާޒިމް(ދޮން އައްޔަ)، އިބްރާހިމް އަމްޖަދް(ޖިމީ)، އަދި ޒީނަތު އައްބާސްއެވެ. އަދި މީގެ އިތުރުންވެސް މި ދާއިރާއަށް އަލަށް ތައާރަފްވާ ތަރިންވެސް ފެނިގެންދާނެއެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ ފިލްމީ ދާއިރާގެ ފަންނާނުންނަށް ބަލާއިރު، ސީރީޒްގެ ކެމެރާގެ މަސައްކަތް ކުރާނީ، ހުސައިން މުނައްވަރު (ކުޑަފޫޅު)އެވެ. އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވޏީ، އަލީ ރަޝީދު(ގޮޅާ)އެވެ.

އަމްޖޭ އަކީ، މީގެ ކުރިން ގިނަ ފިލްމްތަކެއް ގެނެސްދީފައިވާ، ޑައިރެކްޓަރެކެވ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ