ނެޓްފިލްކްސް އިން މިހާރު ދައްކަމުން އަންނަ ކާމިޔާބު ވެބް ސީރީޒް "މަނީ ހައިސްޓް" ގެ 3 ވަނަ ސީޒަން މިހާރު ދައްކާފައިވާއިރު، ސީޒަން 4 ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުވަރީ މަހުގެ ތެރޭގައެވެ.
ނެޓްފިލްކްސް އިން "މަނީ ހައިސް" ގެ ސީޒަން 4 އަންނާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައިނުވީނަމަވެސް، މި ސީރީޒްގެ ޓީމުން ދިން އިންޓަވިއުއެއްގައި ސީޒަން 4 އަންނަ އަހަރުގެ ޖެނުވަރީ މަހުގެތެރޭގައި ގެނެސްދޭނެކަން އިއުލާންކޮށްފައިވާކަމަށް ހަބަރުތައްބުނެއެވެ.
ސީޒަން ހަތަރެއްގެ މަންޒަރުތައްވެސް މިހާރު ނަގާ ނިމިފައިވާއިރު، މި ސީޒަން ވެގެންދާނީ ސީރީޒްގެ އެންމެ ފަހު ސީޒަން ކަމަށްވެސް މައުލޫމާތުލިބެއެވެ.
މަނީ ހައިސްޓްގެ އެންމެ ފަހުގެ ސީޒަން ނިއްމާލައިފައިވަނީ، ބެލުންތެރިންނަށް ވަރަށް ބޮޑު "ޝޮކެއް" ދިނުމަށްފަހު، ހަތަރުވަނަ ސީޒަން އަށް އުއްމީދު ކުރުވާ ފަދަ ސުވާލުތަކެއް އުފައްދަަމުންނެވެ.
މި ސީރީޒްގެ ސްޕެނިޝް ނަމުންނަމަ "ލަ ކާސާ ދި ޕަޕޭލް" އަކީ، ނެޓްފިލްކްސްއިން ދައްކަމުން އަންނަ އެންމެ މަގުބޫލު އެއް ޝޯއެވެ.
ދިވެހިންގ ތެރޭގައިވެސް މި ޝޯގެ މަގުބޫލުކަން ބޮޑު އިރު، މި ޝޯގެ ތަރިންނަކީވެސް މިހާރު ދުނިޔޭގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ ތަރިންނެވެ.
މަނީ ހައިސްޓް” އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ. މި ސީރީޒް ގައި ކިޔައި ދެނީ ބަޔަކު ވަރަށް ބޮޑަށް ޕްލޭންކޮށެގެން ބޭންކްތަކެއް ލޫޓްވައިލަން ކުރާ މޮޅު މަސައްކަތްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.




