އައިޖީއެމްއެޗް ކެންޓީން ކައިރިން ގެއްލުނު ސައިކަލެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިއަދު އައިޖީއެމްއެޗް ކެންޓީން ކައިރީ ހުއްޓާ ގެއްލިގެން ހުށައަޅާފައިވާ ސައިކަލެއް ފުލުހުން ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފައި ވާކަމަށެވެ. މި ސައިކަލް ހޯދާފައިވަނީ އޯކިޑްމަގުގައި ޕާކް ކޮށްފައި ހުއްޓާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަދި މި ސައިކަލް ދުއްވީ 43 އަހަރުގެ މީހެއް ކަމަށާއި، ސީސީޓީވީ ފޫޓެޖްތަކުގެ އެހީގައި އެމީހާ ހޯދައި ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައިކަމުގައިވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަން ތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.



