މިމަހު ކުޅުމަށް ހަމަޖެހިފައިވާ އެލްކްލެސިކޯ ޑިސެމްބަރު މަހަށް ބަދަލުކުރަނީ!

ސްޕެނިޝް ލަލީގާގައި މިމަހު ކުޅުމަށް ހަމަޖެހިފައިވާ އެލްކެސިކޯ މިއަހަރުގެ ޑިސެމްބަރަށް ބަދަލުކުރަން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން މަސައްކަތް ކުރަމުންދާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

މިމަހު 26 ގައި ކުޅުމަށް ހަމަޖެހިފައިވާ އެލްކެލެސިކޯ ކެޓަލޫނިއާއަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ކެންސަލްކުރަން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމިއިރު، ބާސެލޯނާގެ ކޭމްޕް ނޯ ގެ ބަދަލުގައި ރެއަލްމެޑްރިޑްގެ ބާނަބޯގައި ކުޅުމަށްވެސް މަޝްވަރާ ކުރެވުނެވެ.

ބާސެލޯނާ ހިމެނޭ ކެޓަލޫނިއާ ސަރަހައްދުގެ ނުވަ ލީޑަރުން މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރުމާ ގުޅިގެން ގިނަ މުޒާހަރާތަކަކާއި ހަމަނުޖެހުންތަކެއް އަންނަނީ ހިނގަމުންނެވެ. އެހެންވެ ސަލާމަތީ ގޮތުން ބަލާއިރު މި ދަނޑިވަޅުގައި ބާސެލޯނާ ސަރަހައްދުގައި ރެއާލާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗެއް ކުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ލަލީގާ އިން ދެކެއެވެ.

ނަމަވެސް ދެޓީމުވެސް މިކަމަށް ދެކޮޅު ހެދުމުގެ ސަބަބުން ދެން އެންމެ މިމަހު އެގޮތްވެސްވަނީ ކާމިޔާބުވާގޮތްނުވެފައެވެ.

އެހެންކަމުން ބޮޑަށް ޤަބޫލުކުރެވެނީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އެލްކެސިކޯ އަންނަ ޑިސެމްބަރަށް ފަސްކޮށްލާނީ ކަމަށެވެ. އެއީ ޑިސެމްބަރު 4 ނުވަތަ 18 އަށް ވުން ވަރަށް ގާތެވެ. އެހެންނަމަވެސް ތާރީޚެއް ކަށަވަރުވެގެންދާނީ މިމައްސަލާގައި ސްޕެއިންގް ފުޓްބޯޅަ ފެޑެރޭޝަނުން ގޮތެއް ނިންމީމައެވެ.

މިހާތަނަށް ކުޅުނު 8 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި ރެއަލްމެޑްރިޑް އޮތްއިރު، ދެވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ