ޗެމްޕިއަންސް ލީގަށްވުރެ ލަލީގާ މުހިންމު: މެސީ

ޔޫއެފާ ޗެމްޕިއަންސް ލީގަށްވުރެ ސްޕެނިޝް ލަލީގާ މުހިންމުކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ކެރިއަރުގައި ހޯދި 6 ވަނަ "ޔޫރަޕިއަން ގޯލްޑަން ޝޫ" އާއި ޙަވާލުވުމަށްފަހު ދެއްކި ވާހަކައިގައި މެސީ ބުނީ ޗެމްޕިއަންސް ލީގަށްވުރެ ލަލީގާ އޭނާއަށް މުހިންމުކަމަށާއި، އެއީ އެހެން ލީގު ތަކުގައި ރަނގަޅަށް ކުޅެވޭނީ އަމިއްލަ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކިގެންކަމަށްވާތީއެވެ.

"ޗެމްޕިއަންސް ލީގަކީ އަހަރެމެންނަށް ވަރަށް ޚާއްސަ ލީގެއް. ކޮންމެ އަހަރަކުވެސް ކާމިޔާބުކުރަން ބޭނުން. އެހެންނަމަވެސް އަހަރެމެނަށް އެންމެ މުހިންމީ ލަލީގާ. ލަލީގާ އަހަރެމެންނަށް ޗެމްޕިއަންސް ލީގުގައާއި ސްޕެނިޝް ކަޕުގައި ރަނގަޅަށް ކުޅުމަށް އެހީތެރިވެދޭ." މެސީ ބުންޏެވެ.

މީގެއިތުރުން މެސީ ބުނީ، އެކްލަބުން އަބަދަވެސް ޗެމްޕިއަންސް ލީގު ވާހަކަ ދެއްކިނަމަވެސް، އެއްފަހަރުވެސް ލަލީގާއާއި ސްޕެނިޝް ކަޕް މަތިން ހަނދާން ނައްތާނުލާކަމަށާއި، އޭނާއާއި ބާސެލޯނާއިން ބޭނުންވަނީ ވީހާވެސް ގިނަ ތައްޓެއް ކާމިޔާބުކުރަން ކަމަށެވެ.

އުމުރުން 32 އަހަރުގެ މެސީ ބާސެލޯނާއާއެކު 10 ފަހަރެއްގެ މަތިން ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައިވާއިރު، ހަތަރު ޗެމްޕިއަންސް ލީގުގެ އިތުރުން 6 ކޮޕަޑެލްރޭވެސް ކާމިޔާބުކޮށްފައިވެއެވެ.

ޖައްސަ ޖައްސައިގެން ތިންވަނަ ފަހަރަށް ލަލީގާ ހޯދުމަށް އަތުކުރި އޮޅާލައިގެން މިސީޒަނަށް ނުކުތް ބާސެލޯނާގެ ލަލީގާ ތާވަލްގެ ދެވަނައިގައި އޮތީ 16 ޕޮއިންޓާއެކުގައެވެ. ވާދަވެރި ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނާގައި އޮތީ 8 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ