ލިވަޕޫލްގެ ތަރި މުޙައްމަދު ސަލާޙް ޑިޒްނީ ކެރެކްޓާރއެއްގެ ސިފައިގައި ފެނިއްޖެއެވެ.
ސަލާޙްގެ އުމުރުން ފަސް އަހަރުގެ އަންހެންދަރިފުޅު މައްކާގެ އުފަންދުވަހުގެ ޕާޓީއަށް އޭނާ ގޮސްފައިވަނީ މޮއާނާ ކާޓޫންގައި އުޅޭ މައުއީ ކެރެކްޓާއަށް ވެގެންނެވެ.
"އަހަރެންނަކީ މައުއީ. މިގެނެސްދެނީ މޮއާނާ. އުފާވެރި އުފަންދުވަހަކަށް އެދެން." އިންސްޓަގްރާމްގައި ސަލާޙް ލިޔެފައިވެއެވެ.

2017 ވަނަ އަހަރު ލިވަޕޫލާއި ގުޅުނުފަހުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާޙްވަނީ މިދިޔަ ސީޒަންގައި އެކްލަބާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ޕްރިމިއާ ލީގުގެ މިދިޔަ ދެ ސީޒަންގައިވެސް 'ޓޮޕް ސްކޯރާރ" ގެ އެވޯޑު ޙާސިލްކޮށްފައިވާ ސަލާޙްވަނީ 2017-18 ވަނަ ސީޒަންގައި އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.




