"ވަކިން ލޯބިން"ވެސް ބައިސްކޯފަށް

ދިވެހި ފިލްމް އިންޑަސްޓްރީގެ މަސައްކަތްތަށް ގެނެސްދިނުމުގައި އެންމެ ކުރީގައި އުޅޭ އޮންލައިން ސްޓްރީމިން އެޕް ބައިސްކޯފުން، ޑާކް ރެއިން އެންޓަޓައިންމެންޓްގެ ކާމިޔާބު ފީޗާ ފިލްމް "ވަކިން ލޯބިން" ވެސް މިހާރު އޮންލައިން ސްޓްރީމްކޯށް ބަލާލެވޭނެއެވެ.

ބައިސްކޯފު މެދުވެރިކޮށް ގިނަ ދިވެހި ފިލްމީ އުފެއްދުންތަކެއް މިހާރު ބަލާލެވޭއިރު، ދިވެހި ގިނަ ފީޗާ ފިލްމްތައް އޮންލައިން ސްޓްރީމްކޮށް ބަލާލުމުގެ ފުރުސަތު ބައިސްކޯފުން އަންނަނީ އާއްމުންނަށް މެދުވެރިކޮށްދެމުންނެވެ. އެގޮތުން ޑާކް ރެއިންގެ ފިލްމް "ވަކިން ލޯބިން"ވެސް އޮންލައިން ސްޓްރީމްކޮށް މިހާރު ބެލޭނެކަމަށް އިއްޔެ ވަނީ ބައިސްކޯފުން އިއުލާންކޮށްފައެވެ.

2018 ވަނަ އަހަރު ޑާކް ރެއިންއިން ރިލީޒްކުރި ވަކިން ލޯބިން އަކީ، ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

”ވަކިން ލޯބިން“ ގެ ލީޑް ރޯލު ކުޅެފައިވަނީ، ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މި ފިލްމަކީ ވަރިފަށަށް އަރާ ޒުވާން ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފެމިލީ ޑްރާމާއެކެވެ.

"ވަކިން ލޯބިން" މިހާރު ބައިސްކޯފަށް އައިސްފައިވާއިރު، ބައިސްކޯފަށް އައިސްފައިވާ ފީޗާ ފިލްމްތަކުގެ ތެރެއިން، ނިވައިރޯޅި، ހަތަރު ހަޅަ އަދި ލީނާ ފަދަ ކާމިޔާބު ފިލްމްތައް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ