އާސެނަލްއިން ލޫކަސް ވަޒްކަޒްއަށް ފާރަލަނީ!

ރެއަލްމެޑްރިޑުގެ މެދުތެރެއަށް ކުޅެމުން އަންނަ ލޫކަސް ވަޒްކަޒްއަށް އާސެނަލއިން ފާރަލަމުން ދާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ކުރިއަށް މިއޮތް ޖެނުއަރީ މަހުގެ ޓްރާންސްފާއަށް އާސެނަލްއިން ތައްޔާރުވަމުންދާއިރު، އާސެނަލްގެ އިތުރުން ރޯމާ އާއި ބަޔާ ލެވަކޫސަންވެސް ވަޒްކަޒްއަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

2015-16 ގެ ސީޒަނުން ފެށިގެން ޓީމުން ޖާގަ ހޯދަމުން އަންނަ ވަޒްކަޒްްގެ ބަދަލުގައި ރެއަލްމެޑްރިޑުން މިހާރު ބޭރުކުރަމުންދަނީ ހަޒާޑުއާއި ވިނިޝިއަސްއެވެ. މީގެއިތުރުން ބޭލްވެސް ފުރަތަމަ 11 ގައި މިހާރު ހިމެނެމުން އަންނައިރު ކުރިއަށްއޮތްތާ ރޮޑްރީގޯވެސް ރެއަލްމެޑްރިޑްގެ މުހިންމު ކުޅުންތެރިއަކަށް ވެގެންދާނެކަމަށް ލަފާކުރެވެއެވެ.

އެހެންކަމުން ޖެނުއަރީ މަހުގެ ޓްރާންސްފާގައި ވަޒްކަޒް އެހެން ކްލަބަކާއި ގުޅުން ވަރަށް ގާތެވެ. އުމުރުން 28 އަހަރުގެ ވަޒްކަޒް ރެއަލްމެޑްރިޑާއިއެކު މިހާރު ހަދާފައިވާ އެއްބަސެވުމުގައި މިހާރު ބާކީ އޮތީ އެންމެ 18 މަހެވެ.

ވަޒްކަޒް ހޯދުމަށް މީގެކުރިންވެސް އާސެނަލް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ