ޕޮގްބާއާއި ދެމެދު ދެކެވުނު ވާހަކަ ހާމަކުރާކަށް ނެތިން: ޒިދާން

މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާއާއި ދެކެވުނީ އަމިއްލަ ވާހަކައެއް ކަމަށާއި އަދި އެވާހަކަތަށް ހާމަކުރަން ބޭޭނުންނުވާކަމަށް ރެއަލްމެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ޒިދާންއާއި ޕޮގްބާއާއި ދެމީހުން ދުބާއީގެ ހިތްގައިމު އަތިރިމަތިން ބައްދަލުކުރާ ފޮޓޯތަކެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، ޕޮގްބާ ރެއަލްމެޑްރިޑަށް ގުޅެން ތައްޔާރުވެއްޖެކަމަށް ގިނަ ނޫސްތަކުގައި ރިޕޯރޓްކޯށްފައިވެއެވެ.

ކުޑަ ހުޅަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް ޕޮގްބާ ދުބާއީއަށް ގޮސްފައިވާއިރު، ޒިދާން ދުބާއީއަށް ގޮސްފައިވަނީ ދުބާއީ ކުޅިވަރުގެ އާޓިފިޝަލް އިންޓެލިޖެންސް ކޮންފެރެންސްއަކަށެވެ.

ޕޮގްބާ ރެއަލްމެޑްރިޑަށް ބަދަލުވާން އުޅޭ ވާހަކަ މީގެންކުރިންވެސް ފެތުރިފައިވާއިރު، ޖެނުއަރީމަހުގެ ޓްރާންސްފާގައި ރެއަލްމެޑްރިޑުން ޕޮގްބާ ހޯދުމުގެ މަސައްކަތް ކުރާނެކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

"އަހަރެމެންނަކީ ވަރަށް ކުރިއްސުރެ ދަންނަ މީހުން. ދެމީހުން ދިމާވެގެން ހަމަ ވާހަކަ ދައްކާލީ. އެއީ އަމިއްލަ ވާހަކަތަކެއް. އަހަރެން އެވާހަކަތަށް ހާމަކުރާކަށް ނެތިން." ޒިދާން ބުންޏެވެ.

މީގެއިތުރުން ޒިދާން ބުނީ، ކުރިއަށް އޮތް ޖެނުއަރީމަހު ހުރިހާ ކްލަބަކަށްވެސް ގިނަ ފުރުޞަތުތައް އެބައޮތްކަމަށާއި، އަދި ވަގުތު ޖެހުމުން ގޮތް ނިންމާނީ ކްލަބުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ