މިއޮތީ "ކަލާޔާނުލާ"ގެ ރީޔުނިއަންންއެއް!

މަޝްހޫރު ފިލްމީ ތަރި ނިޢުމާ މުޙައްމަދުގެެ ފިލްމީ ހަޔާތަށް 25 އަހަރު ފުރުމުގެ ރިހިޔޫބިލް ހަފުލާ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކުލަގަދަގޮތެއްގައި ފާހަގަކޮށްފައިވާއިރު މި ހަފްލާވެގެންގޮސްފައިވަނީ ނިއުމާއަށް އަދި ދިވެހި ފިލްމީ އިންޑަސްޓްރީއަށްވެސް އެތައްގޮތަކުން ހާއްސަރެއަކަށެވެ. މި ހަފްލާވެގެންގޮސްފައިވަނީ، ކުރީގެ ތަރިންނާއި މިހާރު ތަރިންގެ ރީޔުނިއަންނަކަށްވެސްމެއެވެ.

”ސެލެބްރޭޓިން 25″ގެ ނަމުގައި ނިޢުމާ ބޭއްވި ޚާއްޞަ އިވެންޓްގައި ދިވެހި ފިލްމީ އިންޑަސްޓްރީގެ ދުވަސްވީ އެތައް ފަންނާނުންނެއް ބައިވެރިވެފައިވާއިރު، އެންމެގިނަބަޔެއްގެ ސަމާލުކަން ހުއްޓުނީ، މިހާރު ފިލްމީ ދާއިރާއާ އަލްވަދާޢު ކިޔާފައިވާ ކުރީގެ މަޝްހޫރު ތަރި އަދި ފިލްމީ އިންޑަސްޓްރީގެ "ރާނީ"، އައިޝަތު ޝިރާނީއަށެވެ.

ފިލްމީ ދާއިރާއާ ދުރުގައި ހުރިނަމަވެސް، ޝިރާނީއަކީ، އަދިވެސް ނިއުމާގެ ވަރަށް ގާތްއެކުވެރިއެކެވެ. އަދި އެއީ އަދިވެސް ގިނަ ދިވެހިންގެ އެންމެ ފޭވަރިޓެވެ. އެގޮތުން ޝިރާނީގެ މި ހަފްލާގައި ބައިވެރިވެފައިވާ ފޮޓޯތައް މީސްމީޑިއާގައި އާއްމުވުމާއެކު ގިނަބަޔެއްގެ ސަމާލުކަން މި ފޮޓޯތަކަށް އަންނަނީ ލިބެމުންނެވެ. އޭގެތެރެއިންވެސް އެންމެންގެ ލޮލުގައި އަޅައިގަތް އެންމެ ހާއްސަ ފެނިލުމަކީ، ފާތުމަތު ނަހުލާގެ ކާމިޔާބު ފިލްމް "ކަލާޔާނުލާ"ގެ 3 އެކްޓަރުން ޝިރާނީ، ނިއުމާ އަދި ޔޫއްޕެ އެކުގައި ނަގާފައިވާ ފޮޓޯއެވެ.

ޝިރާނީ އެންމެ ފަހުން ފެނިގެންދިޔަ ފިލްމް "ކަލާޔާނުލާ" އަށްފަހު މިއީ ކެމެރާ ކުރިމަތިން މި 3 އެކްޓަރުން އެކުގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. އެހެންކަމުން މި ހަފްލާވެގެންގޮސްފައިމިވަނީ މި ތަރިންގެ ރީޔުނިއަންއަކަށްވެސްމެއެވެ.

ފޮޓޯ: އެފްޑީއައި

މީގެ އިތުރުން ނިއުމާ، ޝިރާނީ އަދި ޝީލާ ނަޖީބް އެކުގައި ނަގާފައިވާ ފޮޓޯއަކަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. އަދި ނިއުމާ، ޝިރާނީ، ނިއުމާ އަދި ސީޒަންއާއެކު ނަގާފައިވާ ފޮޓޯއަށްވެސް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ނިއުމާގެ ވަދާޢީ ފިލްމް “ނިވައިރޯޅިއާއެކު” ނިއުމާވެސް މިހާރު ބޮޑު ސްކްރީނުން އަލްވަދާޢު ކިޔާފައިވާއިރު، ނިއުމާ އަންނަނީ ކެމެރާގެ ފުރަގަހުން ފިލްމީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މި ހަފްލާގައި ނިއުމާގެ ޕްރޮޑަކްޝަން ހައުސް، "ނިއުޒޯ ޕްރޮޑަކްޝަން"ގެ 2 ފިލްމެއްގެ ޓީޒާ ހަފްލާގައި ދައްކާލާފައިވެއެވެ. އަދި ބައިސްކޯފާއި ގުޅިގެން ނިޢުމާގެ ޓޯކް ޝޯއެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާކަން ނިއުމާ ވަނީ އިއުލާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ