އެލްކްލެސިކޯ ޑިސެމްބަރު 18 ގައި ކުޅެން ދެޓީމުވެސް ތައްޔާރު!

ސްޕެނިޝް ލަލީގާގެ މިސީޒަންގައި ކުޅެވޭ ފުރަތަމަ އެލްކްލެސިކޯ ޑިސެމްބަރު 18 ގައި ކުޅެން ވާދަކުރާ ބާސެލޯނާއާއި ރެއަލްމެޑްރިޑު އޮތީ ތައްޔާރަށްކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

މިމަހު 26 ގައި ކުޅުމަށް ހަމަޖެހިފައިވާ އެލްކެލެސިކޯ ކެޓަލޫނިއާއަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ކެންސަލްކުރަން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމިއިރު، ބާސެލޯނާގެ ކޭމްޕް ނޯ ގެ ބަދަލުގައި ރެއަލްމެޑްރިޑްގެ ބާނަބޯގައި ކުޅުމަށްވެސް މަޝްވަރާ ކުރެވުނެވެ. އެހެންނަމަވެސް ދެޓީމުވެސްވަނީ މިކަމަށް ދެކޮޅު ހަދާފައެވެ.

އޭގެ ބަދަލުގައި ބާސެލޯނާއިންވަނީ މިއަހަރުގެ ޑިސެމްބަރު 18 އަށް މިމެޗު ތާވަލްކުރުމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ހުށަހަޅާފައެވެ. އަދި މިތާރީޚަށް ރެއަލްމެޑްރިޑުވެސް އެއްބަސްވެފައިކާމަށް ރިޕޯރޓްތައް ބުނެއެވެ.

އެލްކްލެސިކޯ ކުޅޭނެ ތާރީޚެއް ކަނޑައަޅަން ކުރިން ނިންމާފައިވަނީ މިއަދުއެވެ. އެހެންނަމަވެސް ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަނުން އިތުރު މަޝްވަރާތަކަށް ދިއުމަށް މިދުވަސްވަނީ 21 އޮކްޓޯބަރވާ ހޯމަ ދުވަހަށް ލަސްކޮށްފައެވެ.

މިހާތަނަށް ކުޅުނު 8 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި ރެއަލްމެޑްރިޑް އޮތްއިރު، ދެވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

ބާސެލޯނާ އަދި ރެއަލްމެޑްރިޑުވެސް މިއަދު ލަލީގާ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އީބާއާއި ދެކޮޅަށް ބާސެލޯނާ ނުކުންނާނީ ހަވީރު 04:00 ގައެވެ. އަދި މަޔޯކާއާއި ރެއަލްމެޑްރިޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ