މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

މޫސުން ތަން ނުދިނުމުގެ ސަބަބުން މޯލްޑިވިއަންގެ ކަބަޑު ހުޅުވުން ކެންސަލް

ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދުގެ ދަތުރުތައް ފެށުން ފާހަގަ ކުރުމަށް ރާއްޖޭގެ ޤައުމީ އެއާރލައިން މޯލްޑިވްއަން އިން ފެށި "ކަބަޑު ހުޅުވައިގެން ކޮޗިންއަށް" މޫސުން ތަން ނުދިނުމުގެ ސަބަބުން މިއަދު ކެންސަލް ކޮށްފިއެވެ.

މިހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް މާލޭ ރާޅު ގަނޑު ސަރަހައްދުގައެވެ. އެހެންނަމަވެސް މޫސުން ގޯސްވެ މިއިވެންޓް ކުރިއަށް ނުގެންދެވި ކެންސަލްކޮށްފައިވާއިރު، މިއިވެންޓް އަލުން ކުރިއަށް ގެންދާނެ ދުވަހެއް އެއެއަރ ލައިނުން އަދި ހާމައެއް ނުކުރެއެވެ.

މިއަދުގެ އިވެންޓުގައި ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދު ކުރާ ދަތުރުތަކުގެ މައުލޫމާތާއި، މޯލްޑިވިއަންގެ އެހެން ދަތުރުތަކާއި ގުޅޭ ތަފާތު މައުލޫމާތުތައް ދިނުމަށް ހަމަޖެހިފައިވާއިރު، މިއަދުގެ އިވެންޓް އެސަރަޙައްދުގައި ފޮރުވާފައިވާ ތަޅުދަނޑިތަކެއް ހޯދައިގެން ކަބަޑު ހުޅުވުާ ފަރާތްތަކަށް ތަފާތު އިނާމު ލިބޭ ގޮތަށް ރާވާފައިވާއިރު، އޭގެތެރެއިން ކޮންމެވެސް އެއް ކަބަޑެއްގައި ކޮޗިން ދެކޮޅު ޓިކެޓް އޮންނާނެކަމަށްވެސް މޯލްޑިވިއަންއިން މިއިވެންޓް އިޝްތިހާރުކުރަމުންވަނީ ވިދާޅުވެފައެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބައިލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންދާއިރު، އިންޑިއާގެ ޗެންނާއީ އާއި ޓްރިވެންޑުރަމަށް މިހާރުވެސް މޯލްޑިވިއަނުން ޝެޑިއުލްދަތުރުތައް ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ