މުޙައްމަދު ނަޝީދު

އެމްޑީޕީގެ ރައީސްކަމަށް ނަޝީދު ފޯމު ހުށައަޅުއްވައިފި

ހުސްވެފައިވާ އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރިމަތިލައްވާ ފޯމް ހުށައަޅުއްވައިފިއެވެ.

ނަޝީދު ޕާޓީގެ ސެކްރެޓަރީ ޖެނެރެލަން ފޯމް ހަވާލުކޮށްފައިވަނީ ޕާޓިގެ އިންތިޚާބާ ބެހޭ ކޮމެޓޯގެ މުގައްރަރުގެ ހާޒިރުގައެވެ.

ފޯމު ހުށައަޅުއްވަމުން ނަޝީދު ވިދާޅުވެފައިވަނީ ޕާޓީގެ ރައީސްކަމަށް ކުރިމަތި ލައްވާ ފޯމާއެކު، ޕާޓީގެ ވަރަށް ގިނަ މެންބަރުންގެ ނަމާއި ސޮޔާއި އަދި ފޯނުނަންބަރު ހިމެނޭތީ ތިބޭފުޅުން އަޅުގަނޑު ރައީސްކަމަށް ކުރިމަތިލުމަށް ދޭ ރުހުން ހުށައަޅާކަމަށެވެ.

ނަޝިދު ވަނީ މި ކަމުގައި ޝައުޤުވެރިވެ އުޅުއްވާ ޕާޓީގެ ހުރިހާ މެންބަރުންވެސް ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

މިހާރު ހުސްވެފައިވާ އެމްޑީގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަޤާމަށް މީހަކު ނެގުމަށް ބާއްވާ ވޯޓް ލުން އޮންނާނީ އަންނަ ނޮވެންބަރު ހުގެ 22 ގައި އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޕާޓީގެ ރަޖިސްޓްރީގައި ތިއްބެވި ފަރާތްތަކަށެވެ.

އެމްޑީޕީގެ ހުސްވެފައިވާ ރައީސް އާއި ނައިބު ރައީސް ކަމުގެ މަޤާމަށް ކުރިމަތި ލެވޭނެ އެންމެ ފަހު ތާރީޚަކީ މިއަދުގެ 12:00 އެވެ.

ޕާޓީގެ މެމްބަރުން މިހާރު ދަނީ ރައީސް ނަޝީދަށް އާ ދައުރަކަށް ކެމްޕެއިން ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ