ޕީޕީއެމްގެ އާ ސެކެރެޓަރީ ޖެނެރަލްއަކަށް މުހައްމަދު ޝަކީލް އައްޔަނުކޮށްފިއެވެ.
އެ މަގާމަށް ޝަކީލް އައްޔަނުކޮށްފައި ވަނީ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުރި އަބްދުﷲ މަތީން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީގެ މަހެއްހާއި ދުވަސް ކުރިން މަތީން ހަމަޖެއްސީ އެ ޕާޓީގެ އެސްޖީއަކަށް ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެ ޕާޓީގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވާ، ޕީއެންސީއާއި ގުޅިވަޑައިގެންނެވުމުންނެވެ.