މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑޮމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ލިޔުނު ހުރިހާ މީހުން ރާއްޖެ ދޫކޮށް ފިލައިފިއެވެ.
ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލަ ހުށަހެޅުނު އިރުވެސް ރިޕޯޓުގެ މުނައްފިސުންގެ ގޮތުގައި ބަޔާން ކޮށްފައިވާ ފަރާތްތައް ތިބީ ރާއްޖެއިން ބޭރުގައި ކަމަށެވެ.
"މި މައްސަލަ ހުށަހެޅުނުއިރު މި ރިޕޯޓްގެ މުޞައްނިފުންގެ ގޮތުގައި ބަޔާންކޮށްފައިވާ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމުން އެމީހުން ހާޒިރުކުރުމަށާއި، މައްސަލައާއި ގުޅިގެން ތަޙްޤީޤުގައި ސުވާލުކުރުމުގެ މަސައްކަތް މި ސަރވިސްއިން މިގެންދަނީ ކުރަމުން." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ބައެއް ފަރާތްތައް ތަޙްޤީޤަށް ހާޟިރުވުމަށް ޗިޓް ފޮނުވާފައިވާ ކަމަށާއި، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓް ރައްދުކުރެވިފައިނުވާ ފަރާތްތައް ތަޙްޤީޤަށް ހާޟިރުވުމަށް ޢާއްމުކޮށް އިޢުލާން ކޮށްގެން އަންގާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ތަޙްޤީޤަށް މަޢުލޫމާތު ދެވިދާނެކަމަށް ބެލެވޭ، މި ރިޕޯޓް ތައްޔާރުކުރިއިރު ދުވަސްވަރު އެމްޑީއެންގައި މަސައްކަތް ކުރެއްވި ފަރާތްތަކާއި، މި މައްސަލައާއި ގުޅުންހުރި މަޢުލޫމާތު ހުރި އެކިއެކި ފަރާތްތަކާއި ސުވާލުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމްޑީއެން އިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓްގެ މުސައްނިފުން ރާއްޖޭގައި ނެތްކަން ފުލުހުން ހާމަކޮށްފައި މިވަނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފެށިތާ 17 ދުވަސް ފަހުންނެވެ.
ހިޔާލު
Hahahah