ޔާގެން ކްލޮޕް - ފޮޓޯ: ދަ އިންޑިޕެންޑެންޓް

"ލިވަޕޫލް ވިސްނަންވީ ފުރުޞަތުތަކަށް، ގެއްލުނު ޕޮއިންޓްއަކަށް ނޫން"

މާޒީގައި ވެދިޔަކަންތައްތަކާ ނުވިސްނާ މިހާރަށާއި މުސްތަޤުބަލަށް ވިސްނުމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ލިވަޕޫލް ސަޕޯޓަރުންނާ ކުޅުންތެރިންގެ ކިބައިން އެދިއްޖެއެވެ.

ކްލޮޕް މިހެން ބުނެ ކުޅުންތރިންނަށާއި ސަޕޯޓަރުންނަށް މެސެޖު ދީފައިވާއިރު މިފަހަރުގެ ތައްޓާ ވާދަކުރުމަށް ކުރިއަށްއޮތް ތިން މެޗަކީ ވަރަށް މުހިންމު ތިން މެޗެވެ. ލިވަޕޫލަށް މިފަހަރުގެ ތަށި ލިބެން އޮތް ފުރުޞަތު އެނގިގެންދާނީ މި ތިން މެޗުގެ ނަތީޖާއިންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިރޭ ވެޓްފޯޑާއި ދެކޮޅަށް ނިކުންނަށް ލިވަޕޫލް ތައްޔާރުވާއިރު ލިވަޕޫލްގެ ހާލަތާބެހޭ ގޮތުން ރިޕޯޓަރަކު ސުވާލުކުރުމުން ހުރިހާކަމެއްވެސް ޕޮޒިޓިވްކަމަށް ކްލޮޕް ބުނެފައިވެއެވެ.

މިހާރު އޮތް ހާލަތަށް ނިންމައި ކުރިއަށް އޮތް ފުރުޞަތުތަކަށް ވިސްނާނަމަ ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށާއި އެކަމަކު މީގެ އެކެއް، ދެއެއް ނުވަތަ ތިނެއް ހަފްތާ ކުރިން ޕޮއިންޓްތައް އަތުން ގެއްލުނުއިރަށް، ބައިކޮޅަށް ލަނޑުތައް ވަތްއިރަށް ވިސްނައި އަހަރެމެންނަށް މޮޅުވެވޭނެކަމަށް ވިސްނުމުގެ ބަދަލުގައި މެޗުން ކޮންމެހެން މޮޅުވާންޖެހޭނެކަމަށް ވިސްނުމުން އެކަން ކުރަން އުނދަގޫވާނެކަމަށާއި އެއީ ހަޤީގަތްކަމަށް ކްލޮޕް ބުނެފައިވެއެވެ.

އަތުން ދޫވެގެންދިޔަ ޕޮއިންޓަށްވުރެ ބޮޑަށް ކްލޮޕްގެ ވިސްނުންހުރީ ކުރިއަށްއޮތް ތިންމެޗުގައި މޮޅުވާށެވެ. މިހާރުވެސް އެއްޕޮއިންޓްގެ ފަރަގަކާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ލިވަޕޫލްއެވެ.

މިކަހަލަ ޙާލަތްތަކަކީ ޓީމުގެ ގިނަ ސަޕޯޓަރުންނަށާއި ގިނަ ކުޅުންތެރިންނަށް ފުރަތަމަ ފަހަރަށް ތައްޓެއް ލިބެން އޮންނަ ފުރުޞަތުތަކަކީ ވަރަށް މުހިންމު ފުރުޞަތުތައްކަމަށާއި މިކަހަލަ ފުރުޞަތުތަކަށް ތައްޔާރުވެ އޭގެ ބޭނުންހިފަން އެންމެ ކުރީގައި ހުންނަންޖެހޭކަމަށް ކްލޮޕް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ