މީޑިއާ ކައުންސިލަށް މެންބަރަކު ހޯދަން އިޢުލާނުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލައިފައިވަނީ މީޑިއާ ކައުންސިލަށް ޢާއްމުންގެ ތެރެއިން އިންތިޚާބުވި ޝީރީން ނާހިދާ ލަޠީފް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ހޯމް މިނިސްޓްރީން ހުޅުވާލި މި ފުރުޞަތުގައި އެ މަޤާމަށް ކުރިމަތި ލެވޭނީ ޤާނޫނީ ދާއިރާ، ދިވެހި ބަހުގެ ދާއިރާ، އިންސާނީ ޙައްޤުތަކުގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، އަދި އިޖްތިމާޢީ ސައިންސަސްގެ ދާއިރާ، މި ދާއިރާތަކުން ކުރެ ދާއިރާއަކުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

މި މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު އެ މިނިސްޓްރީން ހުޅުވާލައިފައިވަނީ އޮކްޓޫބަރ 30 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ ތަކުގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ