ކުޅުދުއްފުށި އެއަރޕޯޓް - ފޮޓޯ: ޕީއެސްއެމް

ކުޅުދުއްފުއްޓަށް ޑެއިލީ ފްލައިޓްތައް ފަށަނީ

ހދ.ކުޅުދުއްފުއްޓަށް ޑެއިލީ ފްލައިޓްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކުޅުދުއްފުށީ އޮންލައިންގައި ޝާޢިރުކޮށްފައިވާ ގޮތުގައި ކުޅުދުއްފުއްޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވަނީ މިމަހުގެ 28 ގައެވެ. އެހެންނަމަވެސް ފްލައިޓްތައް ދަތުރުކުރާނެ ގަޑިތަކުގެ މައުލޫމާތު އަދި ސާފުވާގޮތް ވެފައި ނުވާކަމަށް އެނޫހުން ބުނެއެވެ.

ކުޅުދުއްފުށީ އެއަރޕޯޓަކީ މިހާރުވެސް ޝެޑިއުލް ދަތުރުކުރަމުން އަންނަ މަންޒިލަކަށްވާއިރު، ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ އޯގަސްޓްމަހު 9 ވަނަ ދުވަހުއެވެ. އެގޮތުން ހަފްތާއަކުން ތިން ފްލައިޓް އޮޕަރޭޓްކުރާ މިއެއާޕޯޓް ޑިމާންޑް މިހާރުވެސް ވަރަށް ބޮޑެވެ.

ކުޅުދުއްފުށީ އެއަރޕޯޓަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މިއެއަރޕޯޓްގެ ހުރިހާ މަސައްކަތްތަކެއް އަދިވެސް އެއްކޮށެއް ނުނިމެއެވެ. އެގޮތުން އެއާޕޯޓުގެ ވަށާ ފެންސު ޖަހާ ނިންމާލާފައިވަނީވެސް މިދިޔަ ހަފްތާ ބަންދުގައެވެ.

މީގެއިތުރުން އެއަރޕޯޓަށް މުވައްޒަފުން ހަމަނުވާއިރު، އެއާޕޯޓަށް ނެގި މުވައްޒަފުން ޓްރެއިންގ ނިންމާ މިހާރު ގުޅެމުން އަންނަކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ