ހުވާގެ ޕޯސްޓަރެއް - ފޮޓޯ: ހުވާ

"ހުވާ" ސީޒަން ދެއެއްގެ ޝޫޓިންއަށް އިތުރު އެޕާޓްމަންޓެއް ހޯދަނީ

ބައިސްކޯފް އެޕް މެދުވެރިކޮށް ދިވެހިންގެ ތެރެއަށް ތައާރަފްވި ފާތުމަތު ނަހުލާގެ ކާމިޔާބު ވެބް ސީރީޒް “ހުވާ”ގެ ސީޒަންގެ ދެއެއްގެ ޝޫޓިންއަށް އިތުރު އެޕާޓްމަންޓެއް ހޯދަމުންދާ ކަމަށް ނަހުލާ ބުނެފިއެވެ.

ނަހުލާ ފޭސްބުކްގައިކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުވާ ސީރީޒް 2 ގެ ބައެއް ޝޫޓިންތައް ހަދާލުމަށްޓަކައި އިތުރު އެޕާޓްމަންޓެއް ބޭނުންވާ ކަމަށެވެ. އަދި މިކަމުގައި އެހީވާން ބޭނުންވާ ފަރާތްތަކުން ނަހުލާއަށް އަންގާލަދިނުމަށްވެސް އޭނާ ވަނީ އެޕޯސްޓްގައި ބުނެފައެވެ.

2018 ނޮވެމްބަރު 29 ގައި ބައިސްކޯފުން ދައްކަންފެށި “ހުވާ” ސީރީޒްގެ 82 އެޕިސޯޑާއެކު ސީޒަން އެކެއް މިހާރު ވަނީ ނިންމާލާފައެވެ. ފަހު އެޕިސޯޑް ބައިސްކޯފުން ދައްކަން ފެށި ވަގުތު އެތައް ހާސް ބަޔަކު އެޕް ބޭނުންކުރަން ފެށުމާއެކު އެޕަށް ވަނުމުގައިވެސް ދަތިތަކެއް ދިމާވިއެވެ.

“ހުވާ” އަކީ އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި އަދި އިޖްތިމާޢީ ގިނަ މައްސަލަތަކެއް މައްޗަށް އަލި އަޅުވާލައިގެން ގެނެސްދީފައިވާ އަސަރުގަދަ އަދި ޢިބްރަތްތެރި ސީރީޒްއެކެވެ.

ދިވެހި ފިލްމަށް ލޯބިކުރާ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ “ހުވާ” ގެ ތަރިންގެ ތެރޭގައި ރަވީ ފާރޫގް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމްވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ