ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ސްކޫލްގެ ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އެރަށު، ކަރަންކާގޭ އާމިނަތު ޝަރާ ހޮވިއްޖެއެވެ.
ކުރިނބީ ސްކޫލްގެ 2018 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ މިރޭ ބާއްވާފައިވާއިރު، ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރު، ޝަރާއަށް ސެޓްފިކެޓާއި ޓްރޮފީ އަދި ޝޭސް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދުއެވެ.
ކުރިނބީ ސްކޫލްގެ 6 ދަރިވަރަކު ސްކޫލް ލެވެލްގައި ޓޮޕް އެޗީވާސް އެވޯޑް ހާސިލްކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޝަރާގެ އިތުރުން ނައުޝާ ޢަލީ، މުޙައްމަދު ވިޝާހް، އައިޝަތު ސުހާ، ލަމްޔާ ޢަލީ އަދި މުޙައްމަދު މީޝަމްއެވެ. މީގެ ތެރެއިން ބެސްޓް އޯލް އެރައުންޑް ދަރިވަރު އާމިނަތު ޝަރާ އަދި ނައުޝާ ޢަލީ ވަނީ ޑިސްޓިންކްޝަން އެވޯޑްވެސް ޙާސިލުކޮށްފައެވެ.
އެހެނިހެން އިނާމު ޙާޞިލްކުރި ދަރިވަރުން:
ނައުޝާ ޢަލީ - ޖެނެރަލް ޕްރޮގްރެންސީ ޕްރައިޒް - ގްރޭޑް 10
އައިމިނަތު ޝަރާ - ޖެނެރަލް ޕްރޮގްރެންސީ ޕްރައިޒް - ގްރޭޑް 10
އައިޝަތު އުލްފާ - ކުލާސް ޕްރައިޒް - ގްރޭޑް 9
ނައުޝާ ޢަލީ - ކުލާސް ޕްރައިޒް - ގްރޭޑް 10
ޝައުޝަން ޢަބްދުﷲ - ކުލާސް ޕްރޮގްރެންސީ ޕްރައިޒް - ގްރޭޑް 9
އައިޝަތު އުނޫޝާ - ކުލާސް ޕްރޮގްރެންސީ ޕްރައިޒް - ގްރޭޑް 9
ނައުޝާ ޢަލީ - ކުލާސް ޕްރޮގްރެންސީ ޕްރައިޒް - ގްރޭޑް 10
ފާތިމަތު ޝައިނާ - ސަބްޖެކްޓް ޕްރައިޒް - ގްރޭޑް 8
ޝައުޝަން ޢަބްދުﷲ - ސަބްޖެކްޓް ޕްރައިޒް - ގްރޭޑް 9
އައިމިނަތު ޝަރާ - ސަބްޖެކްޓް ޕްރައިޒް - ގްރޭޑް 10
ނައުޝާ ޢަލީ - ސަބްޖެކްޓް ޕްރައިޒް - ގްރޭޑް 10
ކުލަގަދަކޮށް ބޭއްވި އަހަރީ އިނާމުދިނުމުގެ ހަފްލާގައި ނެއްލައިދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަސީމް، ޖެނެރަލް ޕްރޮގްރެންސީ ޕްރައިޒް ހަވާލުކޮށްދެއްވިއިރު، ނައިވާދޫ ސްކޫލްގެ ޕްރިންސިޕަލް ޢަލީ ޝަރީފް މުޙައްމަދު ހަވާލުކޮށްދެއްވީ ކުލާސް ޕްރައިޒްއެވެ. އަދި ކްލާސް ޕްރޮގްރެސް ޕްރައިޒް ހަވާލުކޮށްދެއްވީ ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުލްމުޙްސިން ޢަބްދުއްލަޠީފްއެވެ.
ސަބްޖެކްޓް ޕްރައިޒް ޙާޞިލުކުރި ދަރިވަރުންނަށް ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް އިނާމު ހަވާލުކޮށްދެއްވިއިރު، ޑިސްޓިންކްޝަން އެވޯޑަށް އިނާމުދެއްވީ ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އަދްނާން ޢަލީއެވެ. އަދި ސްކޫލް ޓޮޕް އެޗީވާރސް އެވޯޑަށް އިނާމުދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުއެވެ.
މި ރަސްމިއްޔާތުގައި ކުރިނބީ ސްކޫލްގެ 2018 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޙާޞިލުކުރި ޝަރާގެ އިތުރުން ކުރިނބީ ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ނަާޘިމް އަދި ހަފްލާގެ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު ވާހަކަފުޅު ދެއްކެވިއެވެ.




