ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރަކު، ބަލިވެ އިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި ބަލިވެއިނދެފައިވަނީ ގްރޭޑް 9 ގައި ތަޢުލީމު ހާޞިލުކުރަމުން އައި ދަރިވަރެކެވެ. މިކަން ހާމަވެފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
މި މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވީ ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް ރަސްމީ އިދާރާއަކުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައްވެސް އިތުރުއިރު، 18 އަހަރު ނުފުރޭ، ސްކޫލްގައި ކިޔަވާ ދަރިވަރުން ބަލިވެއިނުމުގެ މައްސަލަތައްވެސް މީގެ ކުރިން ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.