ކުރީގެ ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ޔާމީންގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެންދަން ގަރާރެއް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ، އެ ދައުވާ އަނބުރާ ނެގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާއަކީ ސިޔާސީ ނުފޫޒުތަކެއްގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން މަދަނީ މައްސަލައެއްގައި ސިޔާސީ ބޭނުމަކަށްޓަކައި ކޮށްފައިވާ ޖިނާއީ ދައުވާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ސިޔާސީ ބޭނުމަކަށްޓަކައި ކަމަށް ގަބޫލު ކުރެވޭ, ސިޔާސީ ބޭނުމަކަށްޓަކައި ރާއްޖޭގައި މިހާރު ހުރި ހަމައެކަނި އިދިކޮޅު ލީޑަރު ހިފާ ހައްޔަރު ކުރުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް" އެ ގަރާރުގައި ބުނެފައިވެއެވެ.

އެ ޤަރާރަކީ ޔާމީނަށް ކުރާ ތުހުމަތު އަލުން މުރާޖައާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އިލްތިމާސަށް ހުށައަޅާ ގަރާރެއް ކަމަށްވެސް އެ ޤަރާރުގައި ބުނެފައިވެއެވެ.

ރައީސް ޔާމީން މިވަގުތު ފުލުހުންގެ ބަންދުގައި ބަހައްޓާފައިވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައެވެ. އެމަނިކުފާނުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އުފުލާފައިވަނީ މަނީލޯންޑަރިންގ ދައުވާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ