އަދާލަތު ޕާޓީއިން މިރޭ އަލިމަސް ކާނިވަލްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އައްޝެއިޙް އިލްޔާސް ޙުސައިންގެ ދަރުސް ފަސް ކޮށްފިއެވެ.
އަދާލަތު ޕާޓީ އިން ދާދި ދެންމެއަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މޫސުން ތަންނުދިނުމުގެ ސަބަބުން މިރޭ ކުރިޔަށް ގެންދިއުމަށް ރޭވިފައި އޮތް ޝެއިޙް އިލްޔާސް ގެ ދަރުސް ފަސް ކުރެވިފައިވާ ކަމަށެވެ. ދަރުސް އަލުން ބާއްވާނެ ތާރީޚެއް އެ ޕާޓިން ބުނެފައެއް ނުވެއެވެ.
? Dharus fasvejje!!!
— Adhaalath Party (@AdhaalathOffice) October 25, 2019
=================
Moosun than nudhinumuge sababun mirey kuriah gendhiyumah reyvifa oi Shk Ilyaas ge dharus fas kurevifa oi vaahaka dhannavan.
އިލްޔާސް މިރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް ދަރުސްގެ މަޢުލޫއަކީ "ލޮބުވެތި ނަބިއްޔާ" އެވެ.
އިސްލާމް ދީނަށާއި ނަބިއްޔާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓްގެ މައްސަލާގައި އަދާލަތު ޕާޓީން ވަނީ އެކަން ކުރި ފަރާތްތަކުގެ މައްސަލަ ބަލައިދިނުމަށް ގޮވާލާފައެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންނާއި، ގިނަ ދީނީ ޢިލްމުވެރިންގެ އިތުރުން ދިނަ ރައްޔިތުންތަކެއްވެސް އަންނަނީ އެ ރިޕޯޓް ކުއްވެރިކޮށް އަޑު އުފުލަމުންނެވެ.
ހިޔާލު
Avaha dharus baavadee