ސައިކަލެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ރޭ މާފަންނު ފޮލިސް ޕެޓްރޯލް ކުރަމުން ދިޔައިރު ވިލިމާލެ ފެރީ ޓާމިނަލް ޕާކިންގ ޒޯން ތެރޭގައި ހުރި ސައިކަލެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ސައިކަލް ވަގަށް ނަގަން އުޅުނު ފިރިހެނެއް ހިފަހައްޓައި އޭނަ ސައިކަލް ހުޅުވަން ބޭނުން ކުރި ތަޅުދަނޑިއާއި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަން ތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ