މައުމޫން - ފޮޓޯ: މިހާރު | ޖާބިރު - ފޮޓޯ: މަޖިލިސް

މަންމަގެ އެދިވަޑައިގަތުމަށް މަޢުމޫނުގެ 29 މިލިއަން ޖާބިރު މާފުކޮށްދީފި

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ސަރުކާރު ކޯލިޝަނުގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރ ޖާބިތުގެ އަތްޕުޅުން ނެންގެވި 29 މިލިއަން ރުފިޔާ މަޢާފުކޮށްދީފިއެވެ.

މީގެ އިތުރުން މި ފައިސާ ހޯއްދެވުމަށް މަޢުމޫނާއި ދެކޮޅަށް ފުލުސް އޮފީހަށް ޖާބިރު ހުށައެޅުއްވި މައްސަލަވެސް ވަނީ އަނބުރާ ވަނީ ނަގާފައެވެ.

އޮންލައިން ނޫސް "މިހާރު" އަށް ޖާބިރު ވިދާޅުވެފައިވަނީ މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މަޢުމޫނަށް މަޢާފުކޮށް މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވީކަމަށެވެ.

މީގެ އިތުރުން މަޢުމޫނާއި އިދިކޮޅު ނުވުމަށް ޖާބިރުގެ މަންމަ ވަނީ ޖާބިރުގާތު އެދިވަޑައިގެންފައެވެ.

ޖާބިރު ކުރިން ވިދާލުވެފައިވަނީ މަޢުމޫނަށް ދިން 29 މިލިއަން ރުފިޔާއަކީ ލޯނެއްގޮތަށް އިންޓަރެސްޓް ވެސް އަރާގޮތަށް ދީފައިވާ ފައިސާކަމަށެވެ. އަދި އިންޓްރެސްޓްއާއިއެކު 50 މިލިއަނަށް އަރާފައިވާކަމަށް ސެޕްޓެންބަރު 24 ގައި ޖާބިރު ވަނީ ވިދާޅުވެފައެވެ.

މަޢުމޫނާދެކޮޅަށް ހެކިބަސް ދެއްވުމަށް ސެޕްޓެންބަރު 23 ގައި ޖާބިރުވަނީ ފުލުސް އޮފީހަށްވެސް ވަޑައިގެންފައެވެ.

ނަމަވެސް ރައީސް މައުމޫނަށް ޖާބިރު ކުރަމުން އަންނަ މި ތުހުމަތު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ދޮގުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ