ވަގަށް ނަގާފައިވާ ލެޕްޓޮޕަކާއެކު ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އޮކްޓޫބަރ 25 ވަނަ ދުވަހުގެ ރޭ 07:00 އެހާކަންހައިރު ވަގަށް ނަގާފައިވާ ލެޕްޓޮޕްއަކާއެކު ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ މީހެކެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤުކުރަމުންނެވެ.
ފުލުހުންނަށް ހުށައެޅެމުންދާ ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރޭގެވަގުތެއްގައި ވަނީ ސައިކަލެއް ވަގަށް ނަގަން އުޅުނު މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.




