ފަޅުރަށަކަށް ލެއްގީ ބެލެވޭ ގޮތުގައި ލައިޓްހައުސްއެއްގެ ބައެއް - ފުލުހުން

ށ.ކޮމަންޑޫ ކައިރީގައި އޮންނަ ގައްލާދޫ ކިޔާ ފަޅުރަށެއްގެ ފަރުމައްޗަށް ލައްގާފައިވަނީ ލައިޓްހައުސްއެއްގެ ބައެއް ކަމަށް ބެލެވޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، 2019 އޮކްޓޯބަރ 27 ވަނަ ދުވަހުގެ ވަގުތެއްގައި ށ.ކޮމަންޑޫ ކައިރީ އޮންނަ ގައްލާދޫ ކިޔާ ފަޅުރަށެއްގެ ފަރުމައްޗަށް މާސިންގާ އެއްޗެއް ލެއްގިކަމުގެ މަޢުލޫމާތު މީސްމީޑީއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި މަޢުލޫމާތު ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށާއި، މިހާތަނަށް ފުލުހުން ބެލި ބެލުމުން ބޮޑަށް ލަފާކުރެވެނީ އެއީ ލައިޓްހައުސްއެއްގެ ބައެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ލެއްގި އެތީގެ ބޮޑުމިނުގައި ގާތްގަނޑަކަށް 50 ފޫޓް ހުންނާނެ ކަމަށާއި، މި މަޢުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ހިއްސާކުރައްވާފައިވާ ކަމަށެވެ.

ގައްލާދޫ ފަރަށް ލައްގާފައިވަނީ ލައިޓްހައުސްއެއްގެ ބައެއް ކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވިއިރު، އެއީ މިސައިލެއްގެ ބައެއް ކަމަށް މީސްމީޑިއާގައި އަޑުފެތުރިފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ