ހަމަލާތައް ހުއްޓާލަން އިންޑިއާ، ޕާކިސްތާނަށް ރާއްޖެއިން ގޮވާލައިފި

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހަމަލާތައް ހުއްޓާލައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ، އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ބޮމެއް ގޮއްވާލައިގެން އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކުރާ ކަމަށެވެ.

މިހާދިސާގައި އިންޑިއާ ސިފައިންގެ 42 މީހަކު މަރުވެފައި ވާއިރު، މި ހަމަލާ ދީފައިވަނީ ޕާކިސްތަނުގައި ގާއިމްވެގެން އުޅޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޖައިޝޭ މުހައްމަދު ޖަމާއަތުންނެވެ. ނަމަވެސް އިންޑިއާއިން ވަނީ އެހަމަލާއަކީ ޕާކިސްތާނުގެ ސަރުކާރުގެ އެހީއާއެކު ދީފައިވާ ހަމަލާއެއް ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ކަޝްމީރުގައި ޓެރަރިސްޓް އޯގަނިޒޭޝަންއަކުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިންޑިއާއިން ވަނީ ޕާކިސްތާނުގެ ބޯޑަރު ހުރަސްކޮށް ވަދެ ވައިގެ ހަމަލާތަކެއް ދީފަ އެވެ. މިހަމަލާގެ ބަދަލު ހިފުމުގެ ގޮތުން މިއަދު ޕާކިސްތާނުން ވަނީ އެގައުމުގެ ބޯޑަރު އެތެރެއަށް ވަން އިންޑިއާގެ ވައިގެ ސިފައިންގެ ދެ ހެލިކެޕްޓަރު ވައްޓާ އެއް ޕައިލެޓަކު ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް