އަހަރެންގެ މަޤްސަދަކީ އަބަދު ލަނޑު ޖެހުމެއް ނޫން: މެސީ

މެޗުތައް ކުޅޭއިރު އެންމެ ބޮޑު މަޤްސަދަކީ ލަނޑު ޖެހުން ނޫންކަމަށް، ކެރިއަރުގައި ހޭދަކުރި 15 އަހަރު ދުވަހުގެ ތަޖުރިބާ ޙިއްސާކުރަމުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓްގެ ކުރީގައި ހިމެނޭ މެސީއަކީ ގޯލާ ވަރަށް ރައްޓެހި ކުޅުންތެރިއެކެވެ. ކެރިއަރުގައި މިހާތަނަށް 829 މެޗު ކުޅުނު މެސީވަނީ ޖުމްލަ 674 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން މި 829 މެޗުން 289 އެސިސްޓްވެސް އޭނާވަނީ ހަދާފައެވެ.

"އޭރިއާތެރެއަށްވަދެ ލަނޑު ޖެހުމަކީ ވަރަށް ގަޔާވާކަމެއް. އެހެންނަމަވެސް އެންމެ ބޮޑު މަޤްސަދަކީ ލަނޑު ޖެހުމެއް ނޫން." އާޖެންޓީނާގެ ޓީވީއަކަށްދިން އިންޓަރވިއުއެއްގައި އުމުރުން 32 އަހަރުގެ މެސީ ބުންޏެވެ.

މީގެއިތުރުން މެސީ ބުނީ، މެޗުގައި ކަންތައް ކުރާނެގޮތް މިހާރު ވަރަށް ބޮޑަށް އެނގޭކަމަށާއި، ބޯޅައަށް މަސައްކަތް ކުރަންވީ ވަގުތާއި، ނުކުރަންވީ ވަގުތުތަށްވެސް މިހާރު އެނގޭކަމަށެވެ. އަދި ބޯޅަ ނުލިބި މެޗުގައި މާގިނަ ވަގުތު ހޭދަކުން ވެއްޖެނަމަ މެޗު ދޫކޮށް ދިއުންވެސް މާރަނގަޅުކަމަށް މެސީވަނީ ބުނެފައެވެ.

އާޖެންޓީނާއާއެކު ވޯލްޑްކަޕް ތަށި އުފުލާލަން ބޭނުންވެފައިހުރިވަރުވެސް މެސީވަނީ މިއިންޓަރވިއުގައި ހާމަކޮށްފައެވެ.

ވޯލްޑްކަޕް ތައްޓާއި އެންމެ ކައިރިއަށް އާޖެންޓީނާއަށް ދެވިފައިވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑްކަޕްގައެވެ. އެމުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފައިވާއިރު، ފައިނަލްގައި ޖަރުމަނީ އަތުން އާޖެންޓީނާވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ