"ހުވާ" ސީޒަން ދޭއްގެ ސްކްރިޕްޓް، އަނގައިން ބަސް ހުސްވާވަރަށް ކޮސްވެ އަންތަރީސް ވެއްޖެ - އައްޒަ

ބައިސްކޯފް އެޕް މެދުވެރިކޮށް ދިވެހިންގެ ތެރެއަށް ތައާރަފްވި ފާތުމަތު ނަހުލާގެ ކާމިޔާބު ވެބް ސީރީޒް "ހުވާ" ސީޒަން ދޭއްގެ ސްކްރިޕްޓް ކިޔާ ނިމުނު އިރު އަނގައިން ބަސް ހުސްވާވަރަށް ކޮސްވެ އަންތަރީސް ވެއްޖެ ކަމަށް މަޝްހޫރު އެކްޓްރެސް މަރިޔަމް އައްޒަ ބުނެފިއެވެ.

އައްޒައަކީ މި ވެބް ސީރީޒްގެ މިންހާގެ ރޯލު ކުޅެމުންއަންނަ ފަރާތެވެ.

އައްޒަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ”ހުވާ“ ސީޒަން ދޭއްގެ ސްކްރިޕްޓް ކިޔާ ނިމުނު އިރު އަނގައިން ބަސް ހުސްވާވަރަށް ކޮސްވެ އަންތަރީސް ވެއްޖެ ކަމަށެވެ.

”ސްކްރިޕްޓަކީ މި ދުނިޔޭން ބޭރުގެ ކަމެއް، ކާކު ހީކުރާނީ އޭތި (ހުވާ ސީޒަން1) މިހެން އަނބުރާލެކަމަށް. ޓްވިސްޓްތައް. ސަންޕެންސްތައް. ހަމަ އަސްލުވެސް ޤަބޫލުކުރަންވެސް ދަތި. އިރާދަކުރެއްވިއްޔާ ”ހުވާ“ ސީޒަން ދޭއް ވަރަށް ކާމިޔާބުވާނެ. އެތަކެއް ބައިވަރު ސަޕްރައިޒްތަކެއް. ޝޫޓިން ފެށުމަށް އަހަރެން މިހުރީ ކެތްމަދުވެފަ. ވަރަށް ބޮޑަށް ހިތްއަވަސް ވެފަ. ހަމަ ހުވާ މި ފައްކާ ސްކްރިޕްޓް ފެނިފަ އަހަރެން މިހުރީ ހައިރާންވެ އަންތަރީސްވެފަ. އެތަކެއް މައްސާލަތަކެއް!. ޔަޤީނުންވެސް މީތި ވެގެންދާނީ ނަހޫ އުފައްދާ އަނެއް މާސްޓަރޕީސް އަށް. ވަރަށް ފަޚުރުވެރިވަން ނަހޫއާމެދު. މި ބޮޑު ޕްރޮޖެކްޓްގެ ހިއްސާއަކަށް ވެވޭތީ ވަރަށް އުފާކުރަން.“ އައްޒަގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް “ހުވާ” އަށް ދިވެހިންގެ ތެރެއިން ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، މި ސީރީޒްގެ ދެވަނަ ސީޒަންއަށްވެސް ގިނަ ބެލުންތެރިން ތިބީ ކެއްމަދުވެފައިކަން ޔަގީނެވެ. ނަމަވެސް ބެލުންތެރިންނާ ހަމަޔަށް ”ހުވާ“ގެ ސީޒަން ދޭއް ގެނެސްދޭނީ އަންނަ އަހަރުގެ ކުރީކޮޅުކަމަށް ނަހުލާ ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ