ގެއްލުނު ނަޝާ ފެނިއްޖެ

ގެއްލިގެން ހޯދަން އިއްޔެ އިއުލާން ކުރި އަންހެން މީހާ ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަން ފުލުހުން އިއްޔެ އިއުލާންކުރީ ކ.މާލެ، ހ.ލާމިޔާ، އާމިނަތު ނަޝާ ނާޝިދު (23އ) އެވެ.

ފުލުހުން ވިދާޅުވީ ނަޝާ ފެނުނީ އިއްޔެ، އޭނާ ހޯދަން އިއުލާނުކުރި ފަހުން ކަމަށާއި، އެނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި އަންހެން މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 01:30 ހާއިރު ކަމަށާއި، އޭގެ ފަހުން އެނާއާއި ގުޅޭ އެއްވެސް ޚަބަރެއް ނުވާކަމަށް އިއްޔެ ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ