ލަންކާ ދެކޮޅު ޓިކެޓް ބޭނުމިއްޔާ ނުހީ ހުންނަންވީ!

ދިވެހި ފިލްމް "ފޯޓީ ޕްލަސް" ގެ ފުރަތަމަ ޝޯ ބަލުމަށްފަހު ނުހީ ސިނަމާއިން ނިކުއްމެޖެ ނަމަ އެމީހަކަށް އަމިއްލަ ހަރަދުގައި ލަންކާގެ ދެކޮޅު ޓިކެޓް ދޭނެކެމަށް ނެށުންތެރިޔާ ސްޓެޕް އައްޔަ ބުނެފިއެވެ.

ފޭސްބުކް މެދުވެރިކޮށް މިއަދު ސްޓެޕް އައްޔަ ބުނީ، "ފޯޓީ ޕްލަސް" އަކީ ނުބަލާ ދޫކޮށްލެވޭވަރަށްވުރެ މޮޅު އަދި މަޖާ ބިރުވެރި ފިލްމެއްކަމަށެވެ.

"40 ޕްލަސް ފުރަތަމަ ޝޯ ބަލާފަ ނުހީ ނުކުމެއްޖެނަމަ ލަންކާ ދެކޮޅު ޓިކެޓް އަޅުގަނޑުގެ ހަރަދުގައި ދޭނަން. މިއީ ނުބަލާ ދޫކޮށްލެވޭ ވަރަށްވުރެ މޮޅު މަޖާ ބިރުވެރި ފިލްމެއް" މިއީ ސްޓެޕް އައްޔަ ފޭސްބުކް ގައި ޖެހި ސްޓޭޓަސްއެވެ.

"40 ޕްލަސް" ޕްރިމީއާކުރުމަށް 6 ދުވަހަށް ވެފައިވާއިރު، ފިލްމުގެ ޓީމުން އަންނަނީ، ފިލްމުގެ މަންޒަރުތައް ހިމެނޭ ގިނަ ޓީޒާ ތަކެއް ބެލުންތެރިންނާ ހިއްސާކޮށް، ފިލްމް ވަރަށް ގަދަޔަށް ޕްރޮމޯޓް ކުރަމުންނެވެ.

ކޮންމެއަކަސް އަހަރުގެ އެންމެ ބޮޑު ފިލްމުގެ ނަމުގައި "ފޯޓީ ޕްލަސް" ޕްރޮމޯޓް ކުރަމުން އަންނައިރު، މިއީވެސް ސްޓެޕް އައްޔަ ފިލްމު އިތުރަށް ޕްރޮމޯޓް ކުރުމަށް ޖެހި ސްޓަންޓެއްބާއެވެ؟

އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށް، ފިލްމީ ތަރި ޔޫސުފް ޝަފީއު ޑައިރެކްޓުކޮށްފައިވާ ފިލްމް "ފޯޓީ ޕްލަސް" އަކީ، މިދިޔަ އަހަރު ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ނޯޓީ ފޯޓީ"ގެ ސީކުއަލްއެކެވެ.

މި ފިލްމުގެ ލީޑް ތަރިންގެ ތެރޭގައި ހިމެނެނީ، "ނޯޓީ ފޯޓީ"ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ