ސެޕް ތަންފީޒް ކުރުމަށްޓަކައި ޕަބްލިކް ހެލްތު ކޮންފަރެންސެއް ބާއްވަނީ

ސަރުކާރުގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން (ސެޕް) 2019- 2023 އަކީ ސިއްޙީ ދާއިރާގެ މައިގަޑު ލަނޑުދަޑިތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޕްލޭނެކެވެ. މި ޕްލޭންގެ މައިގަޑު އަމާޒަކީ ދާއިރާގެ 5 އަހަރު ދުވަހުގެ ރާސްތާ އެއް މިސްރާބަކުން ހާސިލް ކުރުމަށް މަގުފަހިކޮށްދިނުމެވެ.

ސެޕް ތަންފީޒް ކުރުމަށްޓަކާ ގައުމީ ފެންވަރުގެ ޕްލެޓް ފޯމެއްގައި ގުޅުންހުރި ދާއިރާތައް ހިމެނޭގޮތަށް މަޝްވަރާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެހީގައި 3 ދުވަހުގެ ޕަބްލިކް ހެލްތު ކޮންފަރެންސެއް ބޭއްވުމަށް މި މިނިސްޓްރީން ދަނީ ތައްޔާރުވަނުންނެވެ. މި ކޮންފްރެންސްގެ މައިގަޑު މަގްސަދުތަކުގެ ތެރޭގައި އާބާދީއަށް އަންނަ ބަދަލުތަކާއި އެކު އާބާދީގެ ސިއްޙީ މައްސަލަތައް ހައްލު ކުރުމަށް ގައުމީ ސިޔާސަތު ރާވާ ފަރާތްތަކާއި ދާއިރާގެ ނިންމުންތައް ނިންމާ ފަރާތްތަކަށް މައުލޫމާތުދީ އަހުލުވެރިކުރުވުމާއި ސިއްޙީ ގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުމަށް އެންމެން އެއްކޮށް މަސައްކަތް ކުރުމުގެ މުހިއްމުކަމާއި އަދި މިގޮތަށް މަސައްކަތް ކުރުމުން އަންނާނެ ރަގަޅު ބަދަލާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.

މީގެއިތުރުން ދާއިރާގެ މުހިއްމު ކަންތައްތައް ސްޓްރެޓެޖިކް ޕާތުވޭއެއްގެ ތެރެއިން ހާސިލް ކުރާނެ ގޮތާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ވަނީ ޕަބްލިކް ހެލްތު ފޯރަމްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ނައްތާލެވިފައިވާ ބަލިތަކާއި، އެ ބަލިތައް އަލުން ފެތުރިދާނެތީ އެކަމާއި ގުޅެ ގޮތުން ވާހަކަ ފުޅު ދައްކަވާފައެވެ.

ދާދި ފަހުން ވަނީ ގދ. ފަރެސް މާތޮޑާއިން، 2030 ވަނަ އަހަރަށް ނައްތާލަން އަމާޒު ހިފާފައިވާ ލެޕްރެސީ ބަލި ފެނިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ