ޙަޔާތުގައި ދުށް އެންމެ މޮޅު ކުޅުންތެރިއަކީ ރޮނާލްޑޯ: މެސީ

ޙަޔާތުގައި މިހާތަނަށް ފެނުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ރޮނާލްޑޯވަނީ ލަލީގާގައި ކުޅުނު 37 މެޗުން 34 ލަނޑު ކާމިޔާބުކޮށްފައެވެ.

"އަހަރެންގެ ޙަޔާތުގައި ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ރޮނާލްޑޯ. އޭނާއަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ކުޅުންތެރިއެއް." މޮޅު ގިނަ ކުޅުންތެރިންތަކަކާއި ދެކޮޅަށް ކުޅެފައިވާ މެސީ ބުންޏެވެ.

ނަސީބު ދެރަކަމުން ރޮނާލްޑޯއާއެކު ކުޅުމުގެ ފުރުޞަތު މެސީއަށް ލިބިފައެއްނުވެއެވެ. މޮޅު ކުޅުމެއް ދައްކަމުންއައި ރޮނާލްޑޯއަށް ދިމާވި އަނިޔާއެއްގެ ސަބަބުން އޭނާއަށްވަނީ ކުޅުމާއި ދުރަށް ދާންޖެހިފައެވެ. އެހެންނަމަވެސް އޭނާވަނީ އެތަށް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައެވެ.

ގޯލާއި ރަޢްޓެހި، ހިތް ގައިމު ލަނޑު ތަކެއްޖަހާފައިވާ ރޮނާލްޑޯގެ ހަލުވި ސްޕީޑާއި ޑްރިބްލިންއިން އިދިކޮޅު ޓީމުތަކަށް އޭނާ ހިފެހެއްޓުމަކީ އުނދަގޫކަމެކެވެ. ޕީއެސްޖީގެ ކީލިއަން އެމްބާޕޭ މިއަދު ކުޅެމުން އަންނަނީ ރޮނާލްޑޯއާއި ވަރަށް އެއްވައްތަރެއްގެ ކުޅުމެކެވެ.

1996، 1997 އަދި 2002 ވަނަ އަހަރުގެ ފީފާގެ އެންމެ މޮޅު ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. ދެފަހަރެއްގެ މަތިން ބެލެންޑޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ބްރެޒިލް ޤައުމީ ޓީމަށް ކުޅުނު 98 މެޗުން 62 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

18 އަހަރު ދުވަހުގެ ދިގު ކެރިއަހަރަކަށް ފަހު ރޮނާލްޑޯ ކުޅުން ހުއްޓާލާފައިވަނީ 2011 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

2 Responses

  1. އަލީ

    ތެދެއް ތީ

  2. އެމްޑީއެން މިހާރުން މިހާރަށް އުވާލާ

    އެމްޑީއެން މިހާރުން މިހާރަށް އުވާލާ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ