ޕޯޗުގަލްގެ 17 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ ޓީމަށް ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހަދިޔާއެއް ދީފިއެވެ.
ޕޯޗުގަލްގެ 17 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ ޓީމު މިހާރު މަސައްކަތް ކުރަމުންދަނީ އެސްޓޯނިއާގައި ބާއްވާ ޔޫރޯ 2020 އަށް ކޮލިފައިވުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ކޮލިފައިންގެ މުހިންމެ 3 މެޗެއް މިފެށޭ ނޮވެމްވަރުމަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ރޮނާލްޑޯވަނީ މިޓީމުގެ ކޮންމެ ކުޅުންތެރިއަކަށް މެސެޖަކާއެކު ނައިކް މަރކިއުރިއަލް ޑްރީމް ބޫޓެއް ހަދިޔާކޮށްފައެވެ.
"އަހަރެން މިބޫޓް މިފޮނުވަނީ ތިކުދިންގެ ހުވަފެން ސީދާ ކުރުމަށް އެހީތެރިވެދޭނެކަމުގެ އުންމީދުގައި." ރޮނާލްޑޯގެ މެސެޖުގައިވެއެވެ.
ޕޯޗުގަލްގެ 17 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ ޓީމު ޔޫރޯ 2020 ކޮލިފިކޭޝަންގެ އެލީޓް ބުރުގައި މިނޮވެމްބަރު މަހު ނުކުންނާނީ ޔޫކްރެއިން، ޖޯޖިއާ އަދި އަލްބޭނިއާއާއި ދެކޮޅަށެވެ.



