ވަގަށް ނަގާފައިވާ ހަތަރު ސައިކަލެއް ހޯދައިފި

ވަގަށް ނަގާފައިވާ ހަތަރު ސައިކަލެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދައިފިއެވެ. މި ހަރަތު ސައިކަލަކީ އެކިދުވަސް މަތިން ވަގަށް ނަގާފައިވާ ސައިކަލްތަކެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ އެކި ދުވަސްމަތިން ވަގަށް ނަގައިގެން ރިޕޯޓް ކޮށްފައިވާ ހަތަރު ސައިކަލެއް ގަލޮޅު ޕޮލިސް އިން ރޭ މާލެތެރެ ޕެޓްރޯލް ކުރުމުން ދިޔަ އިރު ހޯދާފައިވާ ކަމަށެވެ.

ސައިކަލްތައް ހޯދި ސަރަހައްދެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ހަތަރު ސައިކަލްވެސް މިހާރު ވަނީ ޓޯވ ކޮށްފައިކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ.

ސައިކަލް ވަގަށް ނެގުމުގެ ގިނަ މައްސަލަތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށައެޅެމުންއަންނައިރު ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަން ތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ