ބާ ތިން ޖަކޫޒީ ޕޫލްތަކަށްވުރެ ދިވެހިރާއްޖެ ބޮޑު - ލޫކަސް

ބާ ތިން ޖަކޫޒީ ޕޫލްތަކަށްވުރެ ދިވެހިރާއްޖެ ބޮޑުކަމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ކަލްޗުރަލް ހެރިޓޭޖްގެ ޑިރެކްޓަރ ޝައްމޫން ޖަލީލް (ލޫކަސް ޖަލީލް) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކަ އަދި ޘަގާފަތާ ގުޅޭ މައުލޫމާތު އެއްކޮށް ލިޔުމުގެ މަސައްކަތް ކުރައްވަމުން އަންނަ ލޫކަސް ޖަލީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިން މޯލްޑިވްސް ޖަހާފަ ކޮށްފަ ހުންނަ ޓްވީޓްކުން މުޅިން ވެސް ފެންނަނީ ބާތިން ޓޭންކު ޖަކޫޒީ ޕޫލްތައް ދެން ބީޗުކަމަށެވެ.

https://twitter.com/Lucasjalyl/status/1189100117334192128

ލޫކަސް ވިދާޅުވީ ދިވެހި ރާއްޖެ އެއަށް ވުރެ ބޮޑުކަމަށެވެ. ރާއްޖޭގައި ސަގާފަތާ ތަރިކަ އަދި ދެހާސް އެތައް އަހަރުވީ ހަޟާރަތެއް އޮތްކަން ލޫކަސް ފާހަގަ ކުރައްވާފައިވެއެވެ. އަދި މި ގޮތުގައި ދިވެހި ރާއްޖެ މާކެޓްކުރެވިފައި ނެތްކަންވެސް ލޫކަސްގެ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި ފާހަގަ ކޮށްލެވޭ ޤައުމެކެވެ. އަދި ދިވެހި ރާއްޖެއަށް އާމްދަނީ ލިބޭ އެއްމެ ބޮޑު އެ ދާއިރާއަކީވެސް ފަތުރުވެރިކަމެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 40 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، އާދައިގެ ގޮތަކަށް ފެށި މި ފަތުރުވެރިކަން މިހާރުވަނީ ފުޅާވެ މުޅި ދުނިޔޭގައި މަޝްހޫރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ