ފުލުހަކަށް މަރުގެ އިންޒާރުދިން ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ، ފުލުހަކަށް މަރުގެ އިންޒާރުދިން މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން ތިން ދިވެހިން ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު ފުވައްމުލަކު ސިޓީއިން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި، 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި މިމީހުން އިންޒާރުދީފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކަށެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



