ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މޫޞްޠަފާ - ފޮޓޯ: މިހާރު

"އެމްޑީޕީއަށް އޮތީ ގަނަތެޅުން!"

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް އޮތީ ގަނަތެޅުންތޯ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު މުޞްޠަފާ ސުވާލު އުފައްދަވައިފިއެވެ.

ސަރުކާރު ކޯޅިޝަނަށް މަޖިލީހުގެ މެޖޯރިޓީ އޮވެމެ، ސަރުކާރުން ބޭނުންވާ ބައެއް ކަންކަން މަޖިލިސް ތެރެއިން ފަހިވެފައި ނުވާ މިދަނޑިވަޅުގައި މުޞްޠަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކަން އެގޮތަށް ހިނގަން މެދުވެރިވާ ސަބަބެވެ.

"ކޯލިޝަނަށް މަޖިިލިސް މެޖޯރިޓީ އޮވެގެން ފައިދާނުވެ، ކޯލިޝަނުން މި ސަރުކާރަށް ގޮންޖަހަނީ ސަރުކާރުން އެފުރުޞަތު ދީގެން!" މުޞްޠަފާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިތުރަށް މުޞްޠަފާ ވިދާޅުވީ، އެމްޑީޕީން މަޖިލީހަށް ނިކުމެހުރި ކެންޑިޑޭޓަކަށް މިސަރުކާރުން އެއްވެސް ކަމެއް ނުވާނެ ކަމަށާއި، ސަރުކާރުގެ ބަހާއި އަމަލުން އެކަންކަން ސާބިތުކޮށްދެމުންދާ ކަމަށެވެ.

"އެމްޑީޕީއަށް އޮތީ ގަނަތެޅުން!" މުޞްޠަފާގެ ޓްވީޓް ނިންމަވާލައްވަމުން ދޫކޮށްލެއްވި ކުރު ނަމަވެސް މާނަފުން ސުވާލުގައިވެއެވެ.

މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް މުޞްޠަފާއާ ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން، ސަރުކާރު ކޯލިޝަނުގެ މަޖިލީހުގެ ލީޑަރު ޢަބްދުﷲ ރިޔާޒެވެ.

މަޖިލިސް އޮންތިޚާބަށް މަހެއްހާ ދުވަހަށް ކައިރިވެފައިވާއިރު، ސަރުކާރާ އަދާލަތު ޕާޓީއާ އެކު އެއްބަސްވުންތަކެއް އޮތްކަމަށް ދެކެވޭ ވާހަކަތައް ދަނީ ގަދަވަމުންނެވެ. އަދި އެ އެއްބަސްވުންތަކުގެ ދަށުން އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނަށް ސަރުކާރުން އެއްބާރުލުން ދެމުން ނުގެންދާ މައްސަލަވެސް ފެންމަތިވެފައިވެއެވެ.

މި ހުރިހާކަމެއް މިހެން ހުރިނަމަވެސް 86 ދާއިރާއަށް ކުރިމަތިލައި، މަޖިލިސް އިންތިޚާބުން ބޮޑު އަޣްލަބިއްޔަތެއް ހޯދުމަށް އެމްޑީޕީން ކުރާ މަސައްކަތްތައް ބާރު ދިވެލީގައި ކުރަމުންދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Gamu dheke loabivaa dhariyye

    Musthafa amilla edhummah thelhi beyliyas mdp in memeber therien negi minister ge ba eh beugulhun amalu hutre dheenna nikamethikan dhee furrasaarukoh india gaumu vikkalumuge huriha kame eba
    kurey. mi dhuvehi gaumuge loabiva dhariya ebbas vaane kamme noon. Agenda19 kiyaigen ulheni anni amilla agenda haasil kurummah barulamaanee genes rayyithun dhin vote hovi raees ibu solih mammanakka hadhaa mi anni bodu vazeeru kurummah ais verikamaa lazzathu hiadhaai dheen badhalu koh india gaumu vikka kulhigandu majlis therein dheena kulhen reyvigen dhaa adi nubai agenda ge
    therein v.rangalha reyvigen hungaa bodu agend19. Mi islaam dheen fohela gaumu vikkalaa agenda19. Dhivehinney mi anni nubai reyvumun gaumu salamai kuran mdp majority nudhee majleejuga. Heyo nuvaane. Sarukaaru coalition dhmajority dheegen sarukaaru hingeyne. Mi gotha rayyothun visnaigen vote dhehvaa. Miharu rayyithunnah ingen vejje miharu dhenuge kan ka oih hisaabu hithu huria eche dheena behey gothun kiyaa india sifai rajje aruvaa gaumu minivan kan eba rayyithumnah neygi eba vikkalaa mihunge amilla jeeba ethah million alhaigen. Fisaari rangalha visnaa hey araa. Neygi thihba india siafain rajje ah aih gadha koh minivan kan gelli nubai agaenda akun eba social media hiyaalu falhu kurumuge threien eba islaam dhenai eba dhurukkoh kiyaane eche kiyan eba magu fahikoh ethiest dhevihi baiganda furasathu indirect
    thanavas kohdhey than ebafeney heynara thibaa eba mi anni nubai reyvumun kuri ah gendhey eba. Heula rayyothuney visna fikuru kurey. Mdp majority nudhee. . Eyrun anni beynune che ibu ves hadhaane gaummah ves dheena ves nikamethikan majlees therien dhee meena nnanee bodu vazeerakka 100 percent yageen.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ