"ބަޣުދާދީގެ މަރަށް ބަދަލުހިފަން ޔޫރަޕަށް ހަމަލާ ދީފާނެ"

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު، އަބޫބަކުރު އަލް ބަޣުދާދީ މަރާލުމާ ގުޅިގެން، އެކަމުގެ ބަދަލެއްގެ ގޮތުން ޔޫރަޕުގެ ކޮންމެވެސް ތަނަކަށް ވަރުގަދަ ހަމަލާއެއް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް، އައިއެސް ހަނގުރާމަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދަނިކޮށް އަތުލައިގަތް މީހަކު ބުނެފިއެވެ.

މިހާރު ބަންދުކޮށްފައިހުރި މުޙައްމަދު ހަސީކް ނަމަކަށް ކިޔާ މި މީހާ، "އޭބީސީ ނިއުސް" އަށް ދިން ބަސްދީގަތުމެއްގައި މިހެން ބުނެފައިވާއިރު، ބަޣުދާދީގެ މަރާ ގުޅިގެން އައިއެސްއާ ގުޅުން އޮންނަ އެތައް ބަޔަކު ރުޅިއައިސްފައި ތިބުމަކީ ވަރަށް ގާތްކަމެއްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޖަރުމަނުގެ ރައްޔިތެއްކަމުގައިވާ ހަސީކް އައިއެސްގައި މަސައްކަތް ކޮށްފައިވަނީ ކުރިން އެޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ރައްޤާގައެވެ. މިހާރު އޭނާ ބަންދުކޮށްފައިހުރީ އުތުރު އިރާޤުގެ ޖަލެއްގައެވެ.

މި ބަސްދީގަތުމުގައި މި މީހާ އިތުރަށް ބުނެފައިވަނީ ބަޣުދާދީ މަރާލިކަމުގައިވިޔަސް މިހާރު އައިއެސްގައި ބާކީ ތިބި މީހުންގެ މަސައްކަތްތަކެއް މާ ބޮޑު އަސަރެއް ނުކުރާނެކަމުގައެވެ. އަދި އެއް ލީޑަރަކު މަރާލާއިރަށް، އެހެން މީހަކު ލީޑަރުކަމަށް އިސްކުރާނެކަމުގަޔާއި، މިއީ ކަން ހިނގަމުން އަންނަ ގޮތްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބަޣުދާދީ މަރާލުމުގެ އޮޕަރޭޝަން ހިންގާފައިވަނީ އެމެރިކާގެ ސްޕެޝަލް ފޯސް އިންނެވެ. ސްޕެޝަލް ފޯސް އިން އޭނާ ވަށާލުމުން އޭނާވަނީ ދަރިންނާއެކު އަމިއްލައަށް މަރުވެފައެވެ. މި އޮޕަރޭޝަނަށް، ކުރިން އައިއެސްގައި އުޅުނު އަދި މިހާރު އެކި ޤައުމުތަކުގެ އަތްދަށުވެފައިވާ ގިނަ ކުށްވެރިންތަކެއް އެހީތެރިކަން ފޯރުކޮށްދިންކަމަށް އެމެރިކާ އިންވެސް ބުނެފައިވެއެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ