މުޙައްމަދު ޝިފާން - ފޮޓޯ: ރައީސް އޮފީސް

ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ޤައުމީ އިނާމް ހާސިލްކުރި ޝިފާން, ނަމޫނާ ޒުވާނެއް!

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮންގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު މިފަހަރު ހާސިލްކުރެއްވި މުޙައްމަދު ޝިފާނަކީ، ވާހަކަ ދެއްކުމުގެ ފަންނުން އަޅުގަނޑުމެންގެ ތެރޭގައި ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

19 އަހަރުދުވަހުގެ ދިގުމުއްދަތުގައި ހުނަރުވެރި ކުޅަދާނަ އެތަކެއް ވާހަކަދެއްކުންތެރިން އުފައްދާ ބިނާކުރުމަކީ ޝިފާނު ހޯއްދަވާފައިވާ އެންމެ ބޮޑު ކާމިޔާބިކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ. 2001 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އެކި މަދަރުސާތަކާއި، ތަރުބަވީ މުއައްސަސާތަކާ، ޔުނިވާސިޓީ އަދި އަމިއްލަ ކުންފުނިތަކާއި ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ އޮފިސްތަކަށް ފޯރުކޮށްދިން ޚިދުމަތްތަށް ޝިފާން ފޯރުކޮށްދެވީ އެއްވެސް އުޖޫރައެއް ނެތި ހިލޭސާބަހަށްށެވެ.

ޕޯޑިއަމެއްގެ ދޮށުގައި ޝިފާނު އެންމެ ފުރަތަމަ ހުއްޓުނު އިރު އޭނާގެ ބޯ ޕޯޓިއަމްގެ މަތިން އޯޑިއަންސަކަށް ނުފެނެއެވެ. އޭރު އޭނާއަކީ މަދަރުސަތުލް އަމީރު އަޙްމަދުގެ ދަރިވަރެކެވެ. ޕްރީސްކޫލްގެ ދަރިވަރުން ދަސްވެނި ހަފްލާގައި ޝިފާން ވާހަދެއްކީ ގޮނޑިއަކަށް އަރާހުރެގެންނެވެ. އެދުވަހަށްފަހު ވާހަކަދެއްކެމުގެ ދާއިރާގައި ޝިފާނު ފަސްއެނބުރި ބައްލަވާލައްވާފައެއް ނެތެވެ. އޭނާގެ ތައުލީމީ ޚަޔާތާއި ވާހަކަދެއްކުންތެރިކަންވަނީ ލާމެހި ގުޅިފައެވެ. ގައުމީ ފެންވަރުގަޔާއި މަދަރުސާ ފެންވަރުގެ ތަފާތު މުބާރާތްތަކުން ސިފާން ވަނީ ގިނަ ކާމިޔާބިތަކެއް ފަށްފަށް ކުރައްވާފައެވެ. 

ކަލާފާނު ސްކޫލުގެ ދަރިވަރެއްގެ ގޮތުން މިހުނަރު އިތުރަށް ތަރައްޤީކޮށް ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ތަމްސީލްކުރުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އެކާމިޔާބީތައް ޝިފާން ތަކުރާރުކުރެއްވި ސްޓޭޖަކީ މަޖީދީ މަޖީދީ ފަހުރުވެރި ހިޔާއެވެ. މަޖީދިއްޔާ ސްކޫލުގައި ޝިފާން ފާހަގަ ކުރެވިފައިވަނީ ދޫހެލޭ، މަޢުލުމާތު މުއްސަނދި ފަސާހާތްތެރި ވާހަކަދެއްކުން ތެރިއެއްގެ ގޮތުގައެވެ. ބަހުސްކުރުމުގައި ޕޮއިންޓު ހުށަހެޅުމާއި މުގުރުމުގައި ވަރުގަދަ މުޤައްރިރެއްގެ ގޮތުގައެވެ. 

2001 ވަނަ ޖީ.ސި.އީ އޯލެވެލް އިމްތިހާނު ނިންމާލެއްވުމާއެކު މަޖީދިއްޔާ ސްކޫލުގެ މުސްކުޅިދަރިވަރުންގެ ޖަމްޢުއްޔާގެ އޭރުގެ ރައީސް އޮނަރަބަލް ޢަބްދުﷲ ހަމީދުގެ އެދިވަޑައިގަތުމުގެ މަތިން ޝިފާން މމދ ޖަމްޢިއްޔާގެ ބަހުސް ޓީމާ ގުޅިވަޑައިގަތެވެ. މި ޓީމުގައި ސިފާނުގެ ވާހަކަދެއްކުމާއި ބަހުސްކުރުމުގެ ފެންވަރު އައު އުސްމިންތަކަކަށް ގެންދެވެވިއެވެ. އެދުވަސްވަރު މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝަކޫރަށް ޝިފާނުގެ ހުނަރު ފެނިވަޑައިގެން އެސްކޫލްގެ ދަރިވަރުންނަށް ފަރިތަކޮށްދެއްވުމަށް ޝިފާނުގެ އަރިހުން އެދިވަޑައިގަތެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 16 އަހަރެވެ. މަޖީދިއްޔާ ސްކުލުގެ ޓީމަށް ވާހަކަދެއްކުން ދަސްކޮށްދެއްވުން ވެގެންދިޔައީ ޝިފާނަށްވެސް އިތުރު ކަންކަން ދަސްވުމަށް ލިބުނު ފުރުޞަތަކަށެވެ. 

2001 ވަނަ އަހަރު ވާހަކަ ދެއްކުމުގެ އަތޮޅު މުބާރާތް ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާ ޤައުމީމަރުކަޒުން އިޢުލާންކުރެއްވިއެވެ. އެމުބާރާތް ރ. ލ އަދި މ އަތޮޅުގައި ބޭއްވުނެވެ. މުމުބާރާތަށް ތައްޔާރުވުމަށް ދަރިވަރުން ވިސްނަންވީ ކަންކަމާއި މަޢުލޫތައް އޮޅުފިލުވައިދިނުމަށްތަކައި ޤައުމީމަރުކަޒުގެ ޓިމުތައް އަތޮޅުތަކަށް ފޮނުވުނެވެ. ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާ ޤައުމީމަރުކަޒުގެ އޭރުގެ އެސިސްޓެންޓް ޑައިރެކްޓަރ އަލްފާޟިލާ ޔުމްނާ މައުމޫނުގެ އެދިވަޑައިގަތުމުގެ މަތިން އަތޮޅުތަކަށް ދަރިވަރުން ތަމްރިނުކޮށްދެއްވާ މުދައްރިސުންނަށް މައުލުމާތު ދެއްވުމަށާއި ދަރިވަރުން ތަމްރީނުކުރުމަށް ފޮނުވުނު ޓިމްތަކަކުގައި ޝިފާނު ބައިވެރިވެ މި މުބާރާތް ހުއްޓާލެވެންދެން އޭނާގެ ޚިދުމަތް އެކަމުގައި ދެއްވިއެވެ. 

އެދުވަހުން ފެށިގެން ވާހަކަދެއްކުމުގެ ފަންނު ތައްޤީކޮށް ކުރިއެރުމަށްޓަކައި މީހުން ބިނާކުރުމަށް ޝިފާނުގެ ޚިދުމަތް ސްކޫލް މަދަރުސާތާކާއި ޔުނިވަރ ސިޓީ ކޮލެޖަތަކާއި އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކާއި ސިޔާސީ ޕާޓީތަކާއި ވަކިވަކި ދަރިވަރުނާއި ފަރުދުންނަށް ދިޔައި ލިބެމުންނެވެ. މި ޚިދުމަތްތައް ޝިފާނު ދެއްވަނީ އަގެއް ނެގުމަކާ ނުލާ ހިލޭސާބަހަށެވެ. ނުހަނު ޝައުޤުވެރިކަމާއެކުގައެވެ. 

ޝިފާން ވަނީ ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ގޮތުން ގިނަގުނަ ޚިދުމަތް ކުރައްވާ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. މިގޮތުން 2018 ވަނަ އަހަރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ދޭ ޝަރަފުވެރިކަމުގެ އިނާމް ހާސިލުކުރެއްވުން ފާހަގަކުރެވެއެވެ. މި އިނާމަކީ ވިދިވިދިގެން 3 އަހަރު ދުވަހު ޤައުމީ ޔުނިވަރސިޓީން ބޭއްވި ވާހަކަދެއްކުމާއި ބަހުސްކުރުމުގެ މުބާރަތްތައް ރާވާ ހިންގާ، އެ މުބާރާތްތަށް އިންސާފުކޮށްދެއްވާ، ދަރިވަރުން ތައްޔާރުކޮށްދެއްވާ ޤައުމީ ޔުނިވަރސިޓީއަށް ހޯއްދަވާދެއްވި ކާމިޔާބީތަށް އަގުވަޒަންކުރުމުގެ ގޮތުން އަރުވާފައިވާ ޝަރަފެކެވެ. މިޝަރަފަކީ އެޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން އަރުވާ 2 ވަނަ އަށް އެންމެ ޝަރަފްވެރި އިޢްޒަތެވެ. 

މިމަސައްކަތުގައި ދަރިވަރުންނަށް އުގަންނައި ދެއްވުމަށް ބޭނުންވާނޭ ޓީޗިންގް އެއިޑްސްއާއި މެޓީރިއަލް އަމިއްލަފުޅަށް ހައްދަވައިގެން ކުރެވުނު މަސައްކަތްކަކީ މިއަދު ސިފާން އުފާފުޅުކުރައްވާފަދަ ނަތިޖާ ހާސިލްވެފައިވާ މަސއްކަތްތަކެކެވެ. ސިފާން އެންމެ އުފާފުޅުވަނީ އޭނާގެ ދަރިވަރުން ކުޅަދާނަ ވާހަކަދެއްކުންތެރިނަށް ވާތަން ފެނިވަޑައިގަތުމުންނެވެ. 

2012 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށްވެސް މުޙައްމަދު ޝިފާނަކީ، އޮނަރަބަލް އަލްމަރުހޫމް އިބްރާހިމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވޭ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ފަނޑިޔާރެކެވެ. މީގެ ގިނަ މުބާރާތްތައް ޝިފާނު ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ މުޅިން ހިލޭ ސާބަހަށެވެ. އަދި ޝިފާނަކީ މުބާރާތުގެ ހުރިހާ ބައިވެރިންވެސް އިއްތިފާގުވެލައްވާ ނަޒާހާތްތެރި ބޭފުޅެއްކަން ފާހަގަ ކުރަމެވެ. ޝިފާނަކީ މިފަދަ ތަފާތު މުބާރާތްތަކަށް އިނާމް ހުށަހަޅުއްވާ ބޭފުޅެއްވެސް މެއެވެ. 

ޝިފާނުގެ ޚިދުމަތްތަކަކީ ވަކި ކުލައަކަށް ވަކި ގިންތިއަކަށް ބެލުމެއްނެތި ދެއްވާފައިވާ އިހުލާސްތެރި ޚިދުމަތްތަކެއްކަން އެގެނީ މަދަރުސާގެ ދަރިވަރުންނާއި، ވަޒިރުނާއި، ރައްޔިތުންގެ މަޖިލީހުގެ އިއްޒްތެރި މެންބަރުންފަދަ ދަޢުލަތުގެ ހުރިހާ ގިންތިއަކަށް އޭނާގެ ޚިމަތްގެ ރަހަ ފޯރާފައި ވުމެވެ. ތިލަދުންމަތިން ފެށިގެން އައްޑުއަތޮޅު ފޭދޫއާއި ހަމައަށް އެހިދުމަތުގެ ސިލްސިލާ ގަތާލެވިފައިވާކަމެވެ. މަދަރުސަތުލް އާލިޔާއިން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރ ސިޓީއާއި ދިވެހި ރާއްޖޭގެ ޤައުމި ޔުނިވަރ ސިޓީގެ އުސް ކުރިބޮށިތަކާ ހަމައަށް އެޚިދުމަތް ފޯރާފައި ވާތިއެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ