އިލްޔާސް ހުސައިން- ފޮޓޯ: މީސްމީޑިއާ

ޝެއިޙް އިލްޔާސްގެ "ލޮބުވެތި ނަބިއްޔާ" ދަރުސް މާދަމާރޭ ބާއްވަނީ

އަދާލަތު ޕާޓީއިން އޮކްޓޫބަރ 25 ވަނަ ދުވަހުގެރޭ އަލިމަސް ކާނިވަލްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އައްޝެއިޙް އިލްޔާސް ޙުސައިންގެ ދަރުސް ފަސްކުރުމަށްފަހު މާދަމާރޭ އެ ދަރުސް ބާއްވާގޮތަށް އެޕާޓީން ހަމަޖައްސައިފިއެވެ.

ކުރިން މި ދަރުސް ކެންސަލް ކޮށްފައިވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ. މި ދަރުސް އަލުން ބާއްވާނެ ތާރީޚެއް ފަހުން އަންގާނެ ކަމުގައި އެޕާޓީން އޭރު ވަނީ ބުނެފައެވެ. އަދާލަތު ޕާޓީން ބުނެފައިވަނީ މާދަމާރޭ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިންވެސް ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ ތަން އަލިމަސް ކާނިވަލްގައިކަމަށެވެ.

ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގައެވެ. މި ދަރުސް ރާއްޖޭ ޓީވީ އަދި ވީޓީވީ އިން ލައިވް ކުރާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކުން ދަރުސް އަޑުއެއްސެވުމަށް ވަޑައިގަތުމަށް އެ ޕާޓީން ވަނީ އެދިލައްވާފައެވެ.

ދަރުސްގެ މަޢުލޫއަކީ "ލޮބުވެތި ނަބިއްޔާ" އެވެ. މި މަޢުލޫގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިމިވަނީ ރާއްޖޭގައި އިސްލާމް ދިނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓްގެ މައްސަލާގައި ގިނަ ބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލަމުން ދާ ދަނޑިވަޅެއްގައެވެ.

ރިޕޯޓްގެ މައްސަލަ ހޫނު ވުމާއި ގުޅިގެން އެޖަމިއްޔާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ