ދިވެހިންގެ މެދުގައިވެސް މަޤުބޫލު ރެޕް ލަވަކިޔުންތެރިއެއްކަމުގައިވާ ނިކީ މިނާޖް ވަނީ ވަރަށް ފަހުން ކައިވެނި ކޮށްފައެވެ. ވަރަށް އާދައިގެކޮށް، ވަރަށް ކުޑަކުޑަކޮށް ނިކީ އާއި ކެނެތް ޕެރީ ކައިވެނި ކުރިކަމުގައިވިޔަސް، ކައިވެނީގެ ހަދިޔާތަކުން، އާއްމުންވަނީ ކޮށްކޮށްލާފައެވެ.
އިންސްޓަގްރާމްގައި އާއްމުކިރި ވީޑިޔޯއަކުން، ނިކީ މިނާޖް ވަނީ، ކެނެތް އޭނާއަށް ދިން ކައިވެނީގެ އަނގޮޓި ދައްކާލާފައެވެ. ވަރަށް ބޮޑުކޮށް ފެންނަ މި އަނގޮޓިއަކީ އަސްލު ޖަވާހިރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އަނގޮޓިއެއްކަމުގައިވާއިރު، މީގެ އަގު 1.1 މިލިއަން ޑޮލަރަށް އަރައެވެ.
"ޓީއެމްޒީ" އިން ބުނާގޮތުގައި މި އަނގޮޓިއަކީ 17 ކެރަޓް ސެންޓަރ އަނގޮޓިއެކެވެ. މި އަނގޮޓިއާއެކު، އަނގޮޓި އުފެއްދި ކުންފުނީގެ މީހެއްވެސް، ކައިވެނީގެ ހަފްލާއަށް ހާޟިރުވިކަމަށް ޓީއެމްޒީގައި ބުނެފައިވެއެވެ.
މީގެއިތުރުންވެސް، މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ އެހެން ބައެއް ނޫސްތަކުން ބުނާގޮތުގައި، ނިކީ މިނާޖް އާއި ކެނެތް އަކީ ހައި ސްކޫލު ދުވަސްވަރުން ފެށިގެންވެސް ދަންނަ، ރަހުމަތްތެރިކަން އޮންނަ ދެ މީހުންނެވެ. އެހެންނަމަވެސް، ލޯބީގެ ގޮތުން މި ދެ މީހުން ގުޅިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައެވެ. ކައިވެނި ކޮށްފައިވަނީ މި އަހަރުގެ ހޫނު މޫސުމުގެ ތެރޭގައެވެ.
ނިކީ މިނާޖް ވަނީ ކާމިޔާބު ގިނަ ލަވަތަކެއް ނެރެފައެވެ.




