އަންހެނަކަށް ގަދަކަމުން ބޮސް ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

މިދިޔަ އަންގާރަ ދުވަހު ސައުދީ އަރަބިއްޔާގެ ރެސްޓޯރެންޓަކުން އަންހެނަކާ ގަދަކަމުން ޖިންސީ ފުރައްސާރަކުރަން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ސައުދީގެ ފުލުހުން ނެރުނު ބަޔާނެއްގާ ވިދާޅުވީ، މި އަމަލު ހިންގި ފިރިހެންމީހާއަކީ، 30 އަހަރުން މަތީގެ އެގައުމުގެ ރައްޔިތެއްކަމަށެވެ.

ފުލުހުން ވިދާޅުވީ، އެމީހާ މިހާރު ވަނީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައިކަމަށާއި، އަދި ސައުދީގެ ޤާނޫނާ އެއްގޮތަށް އެމީހާއާ މެދު ޝަރީއަތް ހިންގޭނެކަމަށެވެ.

މި ހާދިސާ ހިނގައިފައިވާ ވީޑިއޯ މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯއިން ފެންނަނީ، ހާދިސާގައި ހަމަލާ ލިބުނު އަންހެންމީހާ، ރެސްޓޯރެންޓްގައޮ އޯޑަރދީފައިވާ ކާއެއްޗެހި ނެގުމަށް ހެދިފައިވާ ސަފުގައި މަޑުކޮށްގެން ހުއްޓާ، ކުއްލިއަކަށް ފިރިހެނަކު އެ އަންހެންމީހާގެ ގައިގައި ހިފާ ގަދަކަމުން ބޮސްދޭން އުޅޭމަންޒަރެވެ.

މި ވީޑިއޯ ޓްވިޓަރގައި އާންމުވުމާއެކު، ގިނަބަޔަކު ނުރުހުންފާޅުކުރުމާއެކު، މި އަމަލު ހިންގި ފިރިހެން މީހާއާ މެދު އަވަސް ފިޔަވަޅެއް އެޅުމަށް ފުލުހުންނަށް ގޮވާލައިފައިވެއެވެ.

ނަމަވެސް، އާއްމުންގެ ތެރެއިން ބައެއް މީހުން މި ހާދިސާގައި އަންހެންމީހާއަށް ތުހުމަތުކޮށްފައިވާއިރު، މި މީހުން ބުނެފައިވަނީ، މި އަމަލު ހިންގުމަށް އެ ފިރިހެންމީހާއަށް ހިތްވަރުލިބުނީ އަންހެންމީހަގެ ސަބަބުން ކަމަށެވެ. އެއީ އެ އަންހެންމީހާ ބުރުގާ ނާޅާ ހުރުމުގެ ސަބަބުންނެވެ. ނަމަވެސް މި ތުހުމަތާ ދެކޮޅަށް ތެދުވި ގިނަ ބަޔަކު ބުނީ، ޖިންސީ ފުރުއްސާރުކުރުމުގެ ތެރެއަށް ބުރުގާ ނުވެއްދުމަށެވެ.

ޖިންސީ ފުރައްސާރަކުރުމުގެ ހާދިސާތަކަކީ، ސައުދީގައި ކޮންމެ ދުވަހަކުވެސް ހިނގާ ހަދީސަތަކެކެވެ. އަދި މީގެ ދުވަސަކޮޅެއް ކުރިން ސައުދީއިން ވަނީ ޖިންސީ ފުރައްސާރަކުރުން މަދުކުރުމަށްޓަކައި ޖިންސީ ފުރައްސާރަކުރުމާ ދެކޮޅަށް ޤާނޫނެއްވެސް ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް