ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

ދެ ސައިކަލެއްޖެހި މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް

ދެ ސައިކަލެއްޖެހި ވެރިރަށް މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މެރީބްރައުން ކައިރިން ދެ ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މަޢުލޫމާތު މިއަދު ހަވީރު 15:45 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 28 އަހަރާއި 20 އަހަރުގެ ދެފިރެހެނުންގެ އިތުރުން 36 އަހަރުގެ އަންހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި 36 އަހަރުގެ އަންހެންމީހާގެ ބޯފަޅައިގެން ގޮސް، ފައިގައި ރެދުލައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އަދި 20 އަހަރުގެ ފިރިހެންމީހާގެ ދަތްދޮޅިދަށުން ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، 28 އަހަރުގެ މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އިރުން ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލެއް މެރީބްރައުންއާއި ހަމައިން ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި އެމަގުން އިރަށް ހުޅަނގަށް ދުއްވާފައިވާ ސައިކަލެއްގައި ޖެހިގެންކަމަށެވެ. އަދި ސައިކަލް ދުއްވި ދެމީހުންނަކީވެސް ލައިސެންސް އޮންނަ ދެމީހުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ