ބޭލް ރެއަލްމެޑްރިޑުގައި މަޑުކުރުވަން މަސައްކަތް ކުރާކަށް ނުޖެހޭ: ޒިދާން

ވޭލްސްގެ ތަރި ގެރެތު ބޭލް ރެއަލްމެޑްރިޑުގައި މަޑުކުރުވަން މަސައްކަތް ކުރަން ނުޖެހޭކަމަށް ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ކުޑަކަޅުވާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައިހުރުމަށްފަހު ބޭލް މިހާރުވަނީ ރެއަލްމެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފައްޓާފައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބޭލް ވިއްކާލަން ރެއަލްމެޑްރިޑުން މަސައްކަތްކޮށްފައިވާއިރު، އޭނާގެ މުސްތަޤުބަލާމެދު ސުވާލު އުފެދިގެންއައީ އެޖެންޓާއެކު ލަންޑަންއަށް ދަތުރުކުރި ހިސާބުން ފެށިގެންނެވެ.

ބޭލް އެންމެފަހުން ރެއަލްމެޑްރިޑަށް މެޗެއް ކުޅެދީފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުއެވެ.

"އަނބުރާ ޓީމަށް ބޭލް އަންނަން ކުރާ ހުރިހާ މަސައްކަތެއްގައި އެންމެ ފުރިހަމައަށް ކްލަބުން އެހީތެރިވާނެ. އޭނާ މިހާރު ހުރީ ރެއަލްމެޑްރިޑްގައި. އިތުރަށް އޭނާ މަޑުކުރުވަން މަސައްކަތް ކުރާކަން ނުޖެހޭ." ޒިދާން ބުންޏެވެ.

މީގެއިތުރުން ޒިދާން ބުނީ، ރެއަލްމެޑްރިޑްގައި މުސްތަޤުބަލެއް އޮތްކަން ސާބިތުކުރަން ބޭލް އަވަސް އަރުވާލާފައި އަލުން ޓީމަށް އަންނަން ނުޖެހޭކަމަށާއި، ބޭލް ރެއަލްމެޑްރިޑްގައި މަޑުކުރާނެތޯ ބަލަން ބޭނުންނަމަ ސީދާ އޭނާއާއި ސުވާލުކުރުން ރަނގަޅުކަމަށެވެ.

10 މެޗުން ލިބުނު 21 ޕޮއިންޓާއެކު ތާވަލްގެ ދެވަނާގައި ރެއަލްމެޑްރިޑްގެ އޮތްއިރު، ވާދަވެރި ބާސެލޯނާ އެއްވަނާގައި އޮތީ 22 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ