މާލެތެރެ ޕެޓްރޯލް ކުރުމުން ދިޔައިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ފޯނާއި ހެޑްސެޓެއް ރޭ ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ ގަލޮޅު ޕޮލިސް އިން ރޭ މާލެތެރެ ޕެޓްރޯލް ކުރުމުން ދިޔަ އިރު މަގުމަތިން ދިޔަ މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވާ ބަލާ ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ފޯނާއި ހެޑްސެޓެއް އެ މީހާ އަތުން ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
ވައްކާމާ ފޭރުމުގެ މައްސަލަތަކަކީ ވަރަށް ގިނައިން ފުލުހުންނަށް ހުށައެޅޭ މައްސަލަތަކެކެވެ. ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ތިޖޫރީއެއް ވަގަށްނެގި މީހަކު ވެސް ހައްޔަރު ކޮށްފައެވެ.



